ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ 51 މައްސަލައެއް ޖޭއެސްސީއިން ބަލަނީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ 51 މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. މިއަދު ޖޭއެސްސީ އިން އާންމު ކުރި ބަޔާނެއްގައި ވާގޮތުން އެ ކޮމިޝަނަށް މިހާރު ފަނޑިޔާރުންނާއި ގުޅޭ 200 އެއްހާ މައްސަލަ ވަނީ ހުށަހެޅިފައެވެ. އަދި އެ ކޮމިޝަނުން މިހާރު 4 ފަނޑިޔާރެއްގެ 51 މައްސަލަ ބަލަމުންދާ ކަމުގައި ކޮމިޝަނުން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރައާއި ކޮރަޕްޝަނާއި، ލިބިފައިވާ ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ.މިހާރު ޖޭއެސްސީ ބަލަމުން ދަނީ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ގެ 18 މައްސަލައަކާއި، ފަނޑިޔާރު އަބްދުﷲ އަރީފްގެ 14 މައްސަލައަކާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ 16 މައްސަލައެއްގެ އިތުރުން ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދުގެ ތިން މައްސަލަ އެކެވެ.ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޖޭއެސްސީގެ ބޭނުމަކީ މުޅި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމެވެ. އަދި މިހާރު އެކި ނަންނަމުގައި ބަލަމުން ދާ މައްސަލަ ތަކަކަކީ ފަނޑިޔާރުން މަޤާމުން ދުރުކުރުމަށް ކުރެވޭ ކަންތައްތައް ކަމުގައި އިދިކޮޅު ފަރާތްތަކުންވެސް ދަނީ ފާހަގަކުރަމުންނެވެ. 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ