އިދިކޮޅުގެ ކަންބޮޑުވުންތައް ގާޒީ އަލީ ރަޝީދާއި ޖޭއެސްސީއާ ހިއްސާކޮށްފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ހުރި ކަންބޮޑުވުންތައް ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދަށާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހިއްސާކޮށްފި އެވެ.
Advertisement
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ހުރި ކަންބޮޑުވުންތައް ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދަށާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ހިއްސާކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ކްރިމިނަލް ކޯޓު، ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދާއި ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ބައްދަލުވީ ކޯޓުގެ ރަޖިސްޓްރާއާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެބޭފުޅުންގެ ކަންބޮޑުވުންތައް ރަޖިސްޓްރާއާ ހިއްސާކުރެއްވުމުން ގާޒީ އަށް އެކަންކަން ދަންނަވާނެ ކަމަށް ވިދާޅުވި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން އެމައްސަލަައިގައި ޖޭއެސްސީގެ މެމްބަރެއް ކަމުގައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އިދިކޮޅު ކޯލިޝަންގެ ޝަކުވާތައް ހިއްސާކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެކަން ޖޭއެސްސީގެ ސަމާލުކަމަށް ގެނެސްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެއް ޝަކުވާއަކީ ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި އަލީ ރަޝީދު އިން އިނުން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަލީ ރަޝީދަށް އެތާންގައި އިނދެވޭނެ ކަމަކަށް. އަޅުގަނޑުމެން އެންމެ ފަހުގަތުގަވެސް ޖޭއެސްސީއަށް ގޮވާލަން އިލްތިމާސްކުރަން އަލީ ރަޝީދު މާދަމާ މިޝަރީއަތް ފެށުމުގެ ކުރިން އެބެންޗުން ނަންގަވައިދެއްވާށޭ. ނަންގަވާފަ އެހެން ބޭފުޅަކު އެ ބެންޗަށް އައްޔަނު ކޮށްދޭށޭ" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ގުޅިގެން މިރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި އެއްވުމެއްވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ