ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަޙައްދުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައި ވުމާއި ގުޅިގެން، އުތުރާއި މެދުތެރޭގެ ބޮޑު ސަރަޙައްދަކަށް ރީނދޫ ސަމާލު ދަމަހައްޓައިފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މި ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން މި ސަމާލު ދަމަހައްޓާފައި ވާއިރު، މިރޭ 7:00 އާއި ހަމައަށް ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވެއެވެ.
-އިތުރު ތަފްސީލު އަންނަނީ-
މޫސުން އިތުރަށް ގޯސްވެ، ރީނދޫ ސަމާލު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ