ސުކޫލްތައް ފެށޭ ވަގުތުގަ އާއި ނިމޭވަގަތު ސްކޫލް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ޓްރެފިކް ޕޮލިހާއެކު ސުކޫލް ކުދިން މަގުމައްޗަށް ނިކުންނަ ގޮތަށް ހަަމަޖައްސައިފި އެވެ.
މި ޕްރޮގްރާމް މިއަދު ވަނީ ޣިޔާސުއްދިން އިންޓަނޭޝަނަލް ސުކޫލުގައި އިފްތިތާހުކޮށްފަ އެވެ. މިކަމަށްޓަކައި މިއަދު އެ ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ގިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ތާހާ ސަލީމް އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.
މި ޕްރޮގްރާމް އިފްތިތާހުކުރުމާއެކު އެ ސްކޫލުގެ ދަރިވަރުން މިއަދު ވަނީ ސުކޫލް ފެށުނު ގަޑީގަ އާއި ނިމުނު ގަޑީގައި ޓްރެފިކް ފުލުހުންނާއެކު މަގުމަތީގައި ހަރަކާތްތެރިވެފަ އެވެ.
މިޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން ތިބޭނީ ޓްރެފިކް ވެސްޓް ލައިގެންނެވެ. އަދި ދަރިވަރުންގެ މަސައްކަތް ބަލަހައްޓައި އެހީތެރިވެދިނުމަށާއި ދަރިވަރުންގެ ސަލާމަތަށްޓަކައި ޓްރެފިކް ފުލުހުން ތިބޭނެއެވެ.
ފުލުހުން ބުނީ މިޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ބެހޭގޮތުން މައުލޫމާތުދީ ދަރިވަރުންނަށް ބޭނުންވާ ތަމްރީނު ދެވޭނެ ކަަމަށާއި މި ޕްރޮގްރާމް ގިޔާސުއްދީން އިންޓަނޭޝާނަލް ސުކޫލްގެ އިތުރުން މާލޭގެ އެހެން ސްކޫލުތަކުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސްކޫލް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ސުކޫލު ކުދިން ބަލަހައްޓަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ