ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދާއިރާގެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު މައްސަލަ ހުށަހަޅާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން ވަހީދުގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުމާއި ގުޅިގެން ވަހީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމުން، އަދުލް އިންސާފަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރި މަސައްކަތުގެ ނަތީޖާ ހާމަވެގެންދާ ކަމަށެވެ. ވަހީދު ވިދާޅުވީ، ނުހައްގުން ގޮނޑި ގެއްލުވާލި ކަމަށް އަންގާ މަޖިލީހަށް ނުވަދެވޭ ގޮތް ހަދާ، ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވެސް ހުރަސް އެޅި ކަމަށެވެ.
އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި ތުލުސްދޫ ދާއިރާގެ މެންބަރުންގެ ހައްގުގައި މަސައްކަތްތައް ފަށާނެ ކަމަށެވެ.
ވަހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މިއަދު ނެގި ކަމުގައިވީނަމަވެސް އެކަމުގައި އެންމެ ފުރަތަމަ ސޮއި ކުރާނެ މެންބަރަކަށް އޭނާ ވާނެ ކަމަށެވެ.
މިމަގާމުން ދުރުކޮށް އަނިޔާވެރިވި ފަރާތަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން ދުވަސްވަރުގައި 12 މެންބަރުންގެ ގޮނޑި ގެއްލުވާތީ އެމަނިކުފާނުކަމަށް ވިދާޅުވި ކަމަށެވެ.
"އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް ލިބިގެންދިޔަ ކާމިޔާބީއެއް މީ. ބައެއްގެ އަނިޔާވެރިކަމުން ގާތްގަނޑަކަށް 4 އަހަރު ވެގެންދަނީ ދާއިރާއަށް އެރިއަނުދީ." ވައްޑެ ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ދާއިރާއަށް ވެސް އަރާނެ ކަމަށާއި ރައީސް ޔާމީނަކަށް ނުވެސް ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މިދިޔަ ދުވަސް ތަކުގައި ދާއިރާގެ ރައްޔިތުންނަށް ލިބުނު ގެއްލުން ހޯދުމަށް މައްސަލަ ހުށަހަޅާނަން: ވައްޑެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ