މާލޭ ފެނުއަޑީގައި: ގިޔާސުއްދީން ސްކޫލް ކިޔެވުން މެދުކަނޑާލައިފި

ރާއްޖޭއަށް ކުރަމުން ދާ ވިއްސާރާގައި، މާލެއަށް ބޯކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން މާލެގެ ބޮޑުބައި މިވަނީ ފެނުއަޑީގައެވެ.
ފެނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުގައި ހުންނަ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ވަނީ ފެނުގެ ސަބަބުން އުދަގޫތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ކިޔެވުން މެދުކަނޑާލާފައެވެ.
މިއަދު ސްކޫލްގައި ޖީސީއޯލެވެލަ ހަދާ ދައިވަރުން ނޫން ހުރިހައި ގްރޭޑްތަކެއްގެ ކުދިންގެ ކިޔެވުން ވަނީ ކެންސަލް ކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި ގިނަ ބޮޑެތި މަގުތަކުގައި ތަނބިކައްޓަށް ވުރެ މައްޗައް ވަނީ ފެންހެދިފައެވެ.
ހާއްސަ ގޮތެއްގައި އަމީނީ މަގަކީ މިމައްސަލަ އެންމެ ބޮޑަށް ކުރިމަތިވާ މަގެވެ. އަދި މި މަގުގައި ގިނަ އަދަަދަކަށް ސްކޫލް، އޮފީސް ތައް ހިމެނިފައިވާތީ ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ތަކުލީފާ ކުރިމަތިލާން ޖެހޭނީ މި ސަރަހައްދުގެ ސްކޫލް އޮފީސްތަކަށް ދާފަރާތްތަކަށެވެ.
މާލޭގައި މިފަހުން ހައުސިންގ މިނިސްޓްރީން ބެހެއްޓި ޕަންޕުތަކާއެކު ކޮންމެވެސް ވަރަށް ވަނީ މިމައްސަލަ ހައްލުވެފައެވެ. ނަމަވެސް އަނެއްކާވެސް ކުރިން މި މައްސަލަ ދިމާވާ ވަރަށް ވުރެ ބޮޑުކޮށް މިވަނީ ކުރިމަތި ވެފައެވެ.
މިނިސްޓަރ މުއިއްޒު މިއަދު ކުރެއްވި ޓުވީޓުގައި މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައާއި ގުޅިގެން މާލޭގެ މަގު ތަކުގައި ފެން ނުހިނދި ފެންބޮޑުވާން ދިމާވާ ސަބަބު ވަނީ ހާމަކުރައްވާފައެވެ.
"ސްޓޯމް ވޯޓާ ސިސްޓަމްގެ ގިނަ ޕަމްޕު ސްޓޭޝަން ތަކުގެ ޕެނަލް ބޯޑު އަށް ވަނީ ގެއްލުންދީ ހަލާކު ކޮށްލާފަ. އަދި ބައެއް ޕަމްޕް ސްޓޭޝަންތަކުގެ ކަރަންޓް ސަޕްލައި ވަނީ ކަނޑާލާފަ. މިކަންކަންކުރ ފަރާތްތަކުގެ ނާތަހުޒީބު އަމަލު ކުއްވެރިކުރަން. އަދި ރައްޔިތުންނަށް ދިމާވާ އުދަގުލަށް މައާފަށް އެދެން." މުއިއްޒު ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވާ ފެންބޮޑު މައްސަލައާށް ވަނީ މި ޕަމްޕް ސިސްޓަމް ގެ ސަބަބުން ހައްލެއް ލިބިފައެވެ. އެގޮތުން ކުރިން މާލެގެ އެންމެ ގަދައަށް ފެންބޮޑުވާ އަމީނީ މަގުގައި ފެންގަނޑު އަަވަހަށް ހިންދާލެވޭކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް މުޅި މާލެއަށް އެކަށީގެން ވާވަރަށް މި ނިޒާމުން ވަނީ ހައްލު ގެނެސް ނުދެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ