މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ސްޓެލްކޯގެ ބޮޑު އިންޖީނަށް ދިމާވި މައްސަލައެއްގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ރައޫފް ވިދާޅުވީ ބޮޑު އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މާލެއިން ކަރަންޓް ދިޔަ ހުރިހާ ސަރަހައްދަކަށް ދެ ގަޑިއިރު ތެރޭގައި އަލުން ކަރަންޓް ދެވޭނެ ކަމަށެވެ.
އިންޖީނަށް ދިމާވި މައްސަލައެއް ސްޓެލްކޯއިން ހާމައެއް ނުކުރެ އެވެ. 
މި ފަހަކަށް އައިސް މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ