ޓްރީޓޮޕްގެ ޚިދުމަތް ހޯދާ ސޮލަރެލް އިންޝުއަރެންސްގެ ކަސްޓަމަރުންނަށް "ކޭޝްލެސް ސަރވިސް" ތަޢާރަފްކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލުން ސޮލަރެލް އިންޝުއަރެންސް ކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ފައިސާދެއްކުމަށް "ކޭޝްލެސް ސަރވިސް" ނަމުގައި އައު ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލްގެ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ސޮލަރެލް އިންޝުއަރަންސް އާއި ގުޅިގެން އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޙިދުމަތްތަކަށް ފަސޭހަކުރުމަށްޓަކައި 'ކޭޝްލަސް ސަރވިސް' ގެ ނަމުގައި ފައިސާދެއްކުމަށް ފަސޭހެ ނިޒާމެއް މިހާރު ޤާއިމްކޮށް ނިމިފައިވާކަމަށެވެ.
މި ނިޒާމުގެ ދަށުން ސޮލަރެލްގެ ކަސްޓަމަރުންނަށް ލިބިފައިވާ އިންޝުއަރަންސް ޕެކޭޖް ބޭނުންކޮށްގެން ހޮސްޕިޓަލްގެ ބިލްތަކަށް ފައިސާދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޓްރީޓޮޕް އިން ބުނީ މި ޚިދުމަތާއިއެކު ކަސްޓަމަރުންނަށް އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދައް ލުއިކަމެއް ލިބިގެންދާނޭކަމަށެވެ.
ނަމަވެސް އިންޝުއަރަންސް މެދުވެރިކޮށް ފައިސާދެއްކޭނީ އެމީހަކު ސޮލަރަލްއިން ނަގާފައިވާ ޕެކޭޖުގައި ކަނޑައެޅިފައިވާ އަދަދުކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތްތައް ރަނގަޅުކުރުމަށް އެހޮސްޕިޓަލުން މަސައްކަތްކުރަމުންދާއިރު އެލައިޑް އަދި އަމާނާ ތަކަފުލްއާއި ގުޅިގެން އައު ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ