ވަޅި ހިފައިގެން ކުޅުދުއްފުށީ ފިހާރައަކަށް ވަދެ ފައިސާ ފޭރިއްޖެ

މޫނު ނިވާކޮށްގެން ވަޅި ހިފައިގެން ހދ.ކުޅުދުއްފުށީ ފިހާރައަކަށް ވަދެ، ސޭޓަށް ބިރު ދައްކައިގެން ފައިސާތަކެއް ފޭރިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ފިހާރައަކަށް މޫނު ނިވާކޮށްގެން މީހަކު ވަދެ ވަޅިއަކުން ބިރު ދައްކައިގެން ފައިސާ ފޭރިގަތް މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާ ކަމަށެވެ.
އެމައްސަލަ ފުލުހުންނަށް ހުށަހެޅީ މިރޭ 21:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ