ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ޓޫނާ ޕިއްޒާ އަދި މުރަނގަތޮޅި މަސްހުނި

ޓޫނާ ޕިއްޒާ ޓޫނާ ޕިއްޒާ ބޭނުންވާތަކެތި ½1 ޖޯޑު ގޮދަންފުށް 1 ސައިސަމުސާ މާޖިރީން 1 މޭޒުމަތީސަމުސާ އީސްޓު (½ ޖޯޑު ހިހޫ ފެނަށް އަޅާފައި) 1 ދަޅު ފެންމަސް ނުވަތަ ތެޔޮމަސް 100 ގުރާމު މޮޒަރެއްލާ ޗީޒް 5 މޭޒުމަތީސަމުސާ ޕިއްޒާ ސޯސް 1 ފިޔާ (ކުޑަ، ގޮޅިކޮށް ކޮށާފައި) 1 ލޮނުމެދު (ގާނާފައި) 1 ޓޮމާޓޯ (ބޮޑު، ވައް ފޮއްޗަށް ކޮށާފައި) 1 ކެޕްސިކަމް (ވައްފޮއްޗަށް ކޮށާފައި) ނުވަތަ ބެލްޕެޕާ ފަޅިއެއް (ކަރުގަނޑު ނަގާފައި އަރިމަތިން ކޮށާފައި) 5 ޒައިތޫނި (އޮލިވް، މެދުން ފަޅާފައި، އޮށް ނަގާފައި) 4 މަޝްރޫމް (ކޮށާފައި) ½ ސައިސަމުސާ ހަކުރު ލޮނު، އަސޭމިރުސް، ތެޔޮ، ގިތެޔޮމިރުސް (ބޭނުން ނަމަ) ފުށްގަނޑު މޮޑޭ ގޮތް ފުށް، ހަކުރު، ލޮނު، މާޖިރީން، އީސްޓު އަޅައިގެން ފުށްގަނޑު މޮޑުމަށް ފަހު، އެއްޗަކަށް ލާފައި، މަތި ބަންދު ކޮށްފައި، ފަނަރަ މިނެޓު ވަންދެން ބެހެއްޓުން. މަސްގަނޑު ތައްޔާރު ކުރާ ގޮތް ތެޔޮފޮދެއްގައި ފިޔާ މީރު ކޮށްފައި މަހާއި، ލޮނުމެދާއި، މަޝްރޫމާއި، އަސޭމިރުސް އެޅުން. ލޮނު ހެޔޮވަރު ކުރުން. ބޭނުން ނަމަ ގިތެޔޮމިރުސް ވެސް އެޅިދާނެ. ތިން މިނެޓު ވަންދެން ރަނގަޅަށް އެއްކޮށްލާފައި އުނދުން ނިއްވާލުން. ޕިއްޒާ ހަދާ ގޮތް ތަބަކުގައި ތެޔޮފޮދެއް ހާކާލުމަށް ފަހު، އޭގެ މަތީގައި ފުށްގަނޑު ފަތުރާލުން. ފުށްގަނޑު މަތީގައި ޕިއްޒާ ސޯސްގެ ދެބައި ކުޅަ އެއްބައި ހޭކުން. 190c ގައި އަވަން ބެހެއްޓުމަށް ފަހު، ހަމަ އެކަނި މަތި ފިހެވޭ ގޮތަށް ބަހައްޓައިގެން، 10 މިނެޓު ވަންދެން ފުށްގަނޑު ފިހެލުން. ޕިއްޒާ ފުށްގަނޑު ނަގާފައި އޭގެ މަތީގައި މަސްކޮޅު ފަތުރާލުން. އަދި ޒައިތޫންޏާއި، ބެލްޕެޕާ ނުވަތަ ކެޕްސިކަމް، ޓޮމާޓޯ އަތުރާލުމަށް ފަހު، ބާކީ ހުރި ސޯސް އެޅުން. އޭގެ މައްޗަށް (ބޭނުން ވާ ވަރަކަށް) މޮޒެރެއްލާ ޗީޒް ގާނާފައި އެޅުން. އަލުން ފިހަން ލުން. މި ފަހަރު އަވަން ބަހައްޓާނީ ތިރި ފިހެވޭ ގޮތަށް. 190c ގައި ބަހައްޓައިގެން 10 މިނެޓު ވަންދެން ފިހެލުން. ފުށްގަނޑު ނަހަދާ، ބާޒާރުގައި ވިއްކަން ހުންނަ ޕިއްޒާ ފުށްގަނޑުން ވެސް މި ޕިއްޒާ ހެދޭނެ. މުރަނގަތޮޅި މަސްހުނި މުރަނގަތޮޅި މަސްހުނި ބޭނުންވާތަކެތި 400 ގުރާމު މުރަނގަތޮޅި (ސްޓީމް ކޮށްފައި، ތޮޅީގެ އެތެރެބައި ކަހައި ނަގާފައި) ½ ޖޯޑު ކާށިހުނި ½ ދަޅު ފެންމަސް ފިޔާ ފަޅިއެއް (އާދައިގެ، ކޮށާފައި) ގިތެޔޮމިރުސް (ކޮށާފައި)، ހިކަނދިފަތް (ކޮށާފައި)، ލޮނު، ލުނބޯ ހަދާނެ ގޮތް ފިޔާ، މިރުސް، ހިކަނދިފަތް، ލުނބޯ އެއްކޮށް މޮޑެފައި، ހުންޏާއި މަސް އެޅުން. ރަނގަޅަށް އެއްކުރުމަށް ފަހު މުރަނގަތޮޅި އަޅާފައި، އަނެއްކާ ވެސް ރަނގަޅަށް އެއްކުރުމަށް ފަހު ލޮނު ހެޔޮވަރު ކުރުން. އެޑިޓަރުގެ ނޯޓް: މި ރެސިޕީތަކަކީ، ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ އަންނަނީ ދިވެހި ރަހަތަކަށް އިސްކަން ދީގެން އަމިއްލަ ގޭގައި އެތަކެތި ތައްޔާރުކޮށް، އޭގެ ހުރިހާ މައުލޫމާތަކާއި ފޮޓޯތައް ފޭސްބުކް ޕޭޖް "ރުމާ"ގައި ކިޔުންތެރިންނާ ހިއްސާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ