ވަގަށް ނަގާފައިވާ ތަކެތި ފަޅު ގެއެއްގެ ތެރެއިން ހޯދާ ދެމީހަކު ހައްޔަރުކޮށްފި

ޅ.ނައިފަރު ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި އެރަށު ފަޅު ގެއެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށް އެތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް ކަމަށާއި މި ދެމީހުންގެ ތެރެއިން 28 އަހަރުގެ މީހާ ކޯޓު އަމުރެއްގެ ދަށުން މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
މި ދެމީހުންގެ ތެރެއިން 26 އަހަރުގެ މީހާއަކީ ވައްކަމާއި މަސްތުވާތަކެތި މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އަދި 28 އަހަރުގެ މީހާއަކީ ވައްކަމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
ޖެނުއަރީ 9 ވަނަ ދުވަހުގެ ނައިފަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މި ވައްކަމުގައި މައްސަލައާއި ގުޅިގެން ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ފަޅު ގެއެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށް ހަމަ އެދުވަހު 17:30 ހާއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 26 އަހަރުގެ މީހާއަށް މި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 28 އަހަރުގެ މީހާއަށް މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ