ފޭދޫ ފެން ހިއްކުމުގެ ނިޒާމުގެ މަސައްކަތް 2018 ވަނަ އަހަރު ހަވާލުކުރި، ނިމިއްޖެތޯ؟: ޣައްސާން

އައްޑޫ ސިޓީ ފޭދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތަކީ ރައީސް ޔާމީން ވެރިކަމުގައި 2018 ވަނަ އަހަރު ޖުލައި މަހު ހަވާލުކޮށްފައިވާ މަސައްކަތެއް ކަމުގައާއި އެމަސައްކަތް މިހާރު ނިންމާފައިވޭތޯ ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ސުވާލުކުރައްވައިފިއެވެ. ޣައްސާން މިފަދައިން ސުވާލުކުރެއްވީ ރައްޔިތުން މަޖިލިހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައެވެ. އެސުވާލުގެ ޖަވާބުގައި އެންވަރަމަންޓު މިނިސްޓްރީން ބުނެފައިވަނީ 2018 ވަނަ އަހަރު އެމަސައްކަތް ހަވާލުކޮޮށްފައިވާ ކަމުގައެވެ. އަދި 2019 ވަނަ އަހަރު އެމަސައްކަތުގެ ތެރެއަށް އިތުރު ސަރަހައްދެއް ހިމަނައި މަސައްކަތް ފުރިހަމަކުރުމަށް އިތުރު މުއްދަތެއް ދީފައިވާ ކަމުގައެވެ. Raees Yameen akee mashroouthah fattavaa nimmevi vaudhu fudhdhevi gaabil veri eh. Addu City Feydhoo ge fen hindhumuge nizaam ge mashroou 2018 vana aharu July mahu havaal kurevvi. Mee miadhu visnaalan jehey kan kan. @Thoriqibrahim pic.twitter.com/ZHHSdDfrfA— Mohamed Ghassan Maumoon (@mgmaumoon) May 18, 2020ޣައްސާން ކުރެއްވި ސުވާލާއި އެސުވާލަށް މިނިސްޓްރީން އެރުވި ޖަވާބުގެ އޯޑިޔޯ ހިއްސާކުރައްވަމުން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ މަޝްރޫޢުތައް ފައްޓަވައި އެމަޝްރޫޢުތައް ފުރިހަމަކުރައްވައި ނިންމެވި ވެރިއެއް ކަމުގައެވެ. އަދި ރައީސް ޔާމީނަކީ ޤާބިލު ވަޢުދު ފުއްދެވި ވެރިއެއް ކަމުގައިވެސް ޣައްސާން ފާހަގަކުރެއްވިއެވެ. އަދި އައްޑޫ ސިޓީ ފޭދޫގެ ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތަކީ 2018 ވަނަ އަހަރުގެ ޖުލައި މަހު ހަވާލުކުރި މަސައްކަތެއް ކަމުގައާއި އެމަސައްކަތް މިހާތަނަށް ނުނިމި އޮތް އޮތުމަކީ މިއަދު ވިސްނައިލުން ރަނގަޅު ކަމެއް ކަމުގައިވެސް ޣައްސާން ފާހަގަކުރެއްވިއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރާގައި އައްޑޫ ފޭދޫގެ މަގުތަކުގައި ފެން ބޮޑުވެ ގެދޮރަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ