ޖުޑިޝަލް ކައުންސިލް އުފެއްދުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
މިކައުންސިލް އުފެއްދުމަށް ނިންމާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިންގުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމުކޮށް ހަރުދަނާކުރުމުގެ ގޮތުން އެކަށައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ފަނޑިޔާރުންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ހިޔާލުފާޅުކުރެވޭނެ ހަރުދަނާ ފޯރަމެއް ގާއިމުވެފައި އޮތުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.
ގަރާރުގައި ބުނެފައިވަނީ މިކައުންސިލް އުފެއްދީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ވިސްނާ ބެލުމަށްފަހު ކަމަށެވެ.
މިކައުންސިލް އުފައްދާފައިވަނީ ގާނޫނުއަސާސީގެ ހަތްވަނަ މާއްދާއާއި 141 ވަނަ މާއްދާގެ (ށ)އާއި 156 ވަނަ މާއްދާއަށް ރިއާޔަތްކޮށްގެން ކަމަށްވެސް ގަރާރުގައިވެ އެވެ.
ޖުޑިޝަލް ކައުންސިލް ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރާއި، ސުޕުރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ އިސްފަނޑިޔާރާއި، ކުރިިމިނަލްކޯޓާއި، ސިވިލްކޯޓާއި، ފެމިލީ ކޯޓާއި، ޖުވެނައިލް ކޯޓާއި، ޑްރަގް ކޯޓުގެ އިސް ގާޒީންނާއި، އިސް މެޖިސްޓްރޭޓުންގެ ތެރެއިން އައްޔަން ކުރެވޭ ދެ ބޭފުޅެކެވެ.
ޖުޑިޝަލް ކައުންސިލް އުފެއްދުމަށް ސުޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ