ވައިކަރަދޫ އިންޖީނުގެ އަވަށުތެރޭގައި ހުރުމުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވޭ: ކައުންސިލް

ހދ. ވައިކަރަދޫ އިންޖީނުގެ އަވަށު މެދުގައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް އުދަގޫތައް ކުރިމަތިވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަހްމަދު ނަސީމް ވިދާޅުވީ، އިންޖީނުގެ މީހުން ދިރިއުޅޭ އަވަށު މެދުގައި ހުރުމުން އެސަރަހައްދުގައި ހުރި ގެތަކުގައި ހުންނަ ގަސްގަހާގެއްސައް ދުމުގެ އަސަރު ކުރާކަމަށެވެ. އެގޮތުން ގަސްތަކުގައި އިންޖީނުން އަރާ ކަޅުދުމުގެ އަސަރު ހުންނަ ކަމަށާއި، ގަސްތަކުގައި އަޅާ މޭވާ ބޭނުން ނުކުރެވޭވަރުވެފައި ވާކަމަށެވެ. އަދި ބައެއްގަސްތައް މަރުވާކަމަށެވެ.
ނަސީމް ވިދާޅުވީ އިންޖީނުގެ ހުންނަ ސަރަހައްދުގައި ހުރި ގެތަކުގެ މީހުން އެސަރަހައްދުގައި އުޅެން އުދަގޫވާތީ ގެތަށް ދޫކޮއްފައި މިހާރު ގޮސްފައިވާ ކަމަށެވެ.
މިމައްސަލަ ހައްލުކުރުމަށް ފެނަކައަށް އިންޖީނުގެ އެޅުމަށް ކައުންސިލުން ބިން ދޫކޮށްފައިވާ ކަމަށާއި، ނަމަވެސް ފެނަކައިން އަދި އަމަލީ މަސައްކަތް މިހާތަނަށްވެސް ފެށިފައި ނުވާކަމަށް ނަސީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ