މަސްތުގެ ހާލުގައި ހުރެ ކޯޓުތަކަށް ގޮންޖަހާލި އިންޑިޔާ މީހާ ކޯޓުން ދޫކޮށްލައިފި

މަސްތުގެ ހާލުގައި ހުރެ ކޯޓުތަކަށް ގޮންޖަހާލި އިންޑިޔާ މީހާ ކޯޓުން ދޫކޮށްލައިފި އެވެ.
މަސްތުގެ ހާލަތުގައި ހުރެ މާތްﷲ އަށް ފުރައްސާރަކޮށް ކޯޓުތަކަށް ގޮންޖަހާލި މީހާ ފުލުހުން ހައްޔަރު ކުރި ނަމަވެސް، ކޯޓުން އޭނާގެ މުއްދަތު އިތުރުކޮށް ނުދިނުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީޑިއާއަށް މަޢުލޫމާރު ދެމުން ފުލުހުން ބުނެފައިވަނީ އިންޑިޔާ މީހާ ދޫކޮށްލި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ އިންޑިޔާ މީހާ ވަނީ މަސްތުގެ ހާލަތުގައި ހުރެ އެސަރަހައްދުގައި އަޑުގަދަކޮށްފައެވެ. މަގުމައްޗަށް ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލުންވަނީ ލޭ ވެސް ފައިބާފަ އެވެ. އެ ތަނުގައި ފުލުހުން ވެސް ހުއްޓައި އޭނާ ވަނީ އެތަނުން ގެ އެކަށް ވަދެފަ އެވެ. ނަމަވެސް އިތުރު ފުލުހުން އައިސް ފަހުން އޭނާ ވަނީ ހައްޔަރު ކޮށްގެން ގެންގޮސްފަ އެވެ.
މަސްތުގެ ހާލަތުގައި ހުރެ އޭނާ ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކޯޓުތަކަށް ވެސް ގޮންޖަހާފަ އެވެ. އެމީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ސޯޝަލް މީޑިއާގައި އެމީހާގެ ވީޑިއޯއެއް ވެސް ދައުރުވިއެވެ. އަދި ފުލުހުންނާއި ވަރަށް ބޭ އަދަބީކޮށް ވާހަކަދެއްކި މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.
އޭނާ ވެއްޓިފައި އޮއްވާ ފެނުމުގެ ކުރީން ދައުރުވި ވީޑިއޯއެއްގައި ފުލުހުންނާއި ކުރިމަތިލައި އިންޒާރު ދެމުންދިޔަ މަންޒަރު ފެނެއެވެ. އަދި ފުލުހުންނަށް ހަމަލާދޭން ކަމަށާއި، އޭނާ ރާއްޖޭގެ ކޯޓުތައް ކޮންޓްރޯލްކުރާ ކަމަށް ވެސް ބުނަމުން ދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ