ފަތުރުވެރިކަމުގެ ދާއިރާގެ ޖޮބް ފެއާ ފަށައިފި

ޓޫރިޒަމް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ ގުޅިގެން ބާއްވާ ފުރަތަމަ "ޓޫރިޒަމް އިންޑަސްޓްރީ ޖޮބް ފެއާ 2015" ފަށައިފިއެވެ. ނެޝަނަލް އާޓް ގެލެރީގައި މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެފެއާ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އިކޮނޮމިކް މިނިސްޓަރު ސައީދު ޖޮބްފެއާ ހުޅުއްވައިދެއްވަނީ --- ސަން ފޮޓޯ: އަލީ ނަސީރު އެފެއާ ހުޅުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޖުމުލަކޮށް 50000 ވަރަކަށް ވަޒީފާ އުފެދިފައިވާ ކަމަށާއި އެދާއިރާއަށް ކުރިއަށްވުރެ ޒުވާނުން އަހަންްމިއްޔަތުކަން ދެމުންދާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދު ފެށި އެފެއާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި މިނިވަން 50 އާ ގުޅިގެން ކުރިއަށްގެންދާ ފެއާއެއް ކަމަށެވެ. އެފެއާގައި 40 އަށްވުރެ ގިނަ ޓޫރިސްޓް ރިސޯޓްތަކުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. "މިޖޮބް ފެއާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ތަފާތު އެކި ޕްރޮގުރާމްތަކުގެ މައުލޫމާތު ދިވެހި ޒުވާނުންނަށް ފޯރުކޮށްދިނުން،" މިނިސްޓްރީން ބުންޏެވެ. އެފެއާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ