ބިލް ނުދައްކައިގެން ކުޅުދުއްފުށި 48 ފިހާރައިން ކަރަންޓު ކަނޑާލައިފި

ހދ.ކުޅުދުއްފުށީ ބައެއް ފިހާރަތަކުން ކަރަންޓު ބިލް ނުދައްކައިގެން ކަރަންޓު ކަނޑާލައިފިއެވެ.
އެގޮތުން ކުޅުދުއްފުށީގެ 48 ފިހާރައަކުން ވަނީ ކަރަންޓު ކަނޑާލާފައެވެ. މި ފިހާރަތަކުން ކަރަންޓު ކަނޑާލާފައިވަނީ ބިލް ދައްކަން ޖެހޭ މުއްދަތު ހަމަވިއިރުވެސް ބިލް ނުދެއްކުމުން އިންޒާރު ދިނުމުންވެސް ކަރަންޓު ބިލް ނުދެއްކުމުން ކަމަށް މައުލޫމާތުލިބެއެވެ.
ކަރަންޓު ސަބްސިޑީ ކަނޑާލުމާ ގުޅިގެން ވިޔަފާރީގެ ގޮތުގައި ރަޖިސްޓަރކޮށްފައިވާ ތަންތަނުގެ ކަރަންޓު ބިލް ބޮޑުވުމާއި ގުޅިގެން ކުޅުދުއްފުށީގެ ގިނަ ވިޔަފާރިވެރިން ވަނީ އިހުތިޖާޖްވެސް ކޮށްފައެވެ. އެގޮތުން ކުޅުދުއްފުށީގެ ފިހާރަތައް އެއްދުވަހު ނުހުޅުވާވެސް އިހުތިޖާޖްކޮށްފައިވެއެވެ.
މީގެއިތުރުން ފެނަކަ ކޯޕަރޭޝަނަށް ހުރިހާ ވިޔަފާރިވެރިން ސޮއިކޮށް ޕެޓިޝަނެއްވެސް ހުށައަޅާފައިވެއެވެ.
ވިޔަފާރިވެރިން ވަނީ ކަރަންޓުގެ އަގު ކުޑަ ނުކޮށްފިނަމަ ކުޅުދުއްފުށި ހުއްޓުމަކަށް ގެންނާނެ ކަމަށްވެސް ބުނެފައެވެ. ނަމަވެސް މިހާރު ބައެއް ވިޔަފާރިވެރިން ވަނީ ކަރަންޓު ބިލް ދައްކާފައެވެ.
އެގޮތުން މުއްދަތު ހަމަވިއިރު ބިލް ނުދައްކާ 68 ވިޔަފާރިވެރިންގެ ތެރެއިން 20 ވިޔަފާރިވެރިއަކު ވަނީ ބިލް ދައްކާފައެވެ. އަދި ކަރަންޓު ކަނޑާލުމާ ގުޅިގެން އިތުރު ވިޔަފާރިވެރިންވެސް ވަނީ ބިލް ދައްކަން ފަށާފަ ކަމަށް މައުލޫމާތުލިބެއެވެ.
ފެނަކައިން ބުނާގޮތުން ބިލް ދެއްކުމުން ކަރަންޓުގެ ހިދުމަތް އެ ފިހާރަތަކަށް އަލުން ގުޅައިދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ