މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ހެނދުނު ކަރަންޓު ކެނޑިއްޖެއެވެ.
މިއަދު ހެނދުނު 9:25 ހާއިރު މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުމަށްފަހު، ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދެވުނީ 10:00 ހާއިރުއެވެ. ކަރަންޓު ދިޔަ ސަރަހައްދުތަކުގެ ތެރޭގައި މާފަންނާއި ހެންވޭރުގެ އެކި ހިސާބުތަކާއި މައްޗަންގޯޅީގެ އެކި ހިސާބުތައް ހިިމެނެއެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވަނީ ކުންފުނީގެ ބޮޑު ދެ އިންޖީނު ފެއިލް ވުމާއި ގުޅިގެން ކަމަށެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑުނުއިރު، މާލެ އަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް ސްޓެލްކޯއިން 90 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ.
މާލެއަށް މިވަގުތު ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސޮއިކުރެވުނު މި އެއްބަސްވުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެއެވެ. އަދި މި މަސައްކަތް ނިމުމުން މާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގައި މިހާރު ދިމާވެފައިވާ މައްސަލަ ހައްލުވާނެއެވެ.
ޗައިނާގެ ކުންފުނި މެދުވެރިކޮށް ނަގާ 76 މިލިޔަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން 8 މެގަވޯޓްގެ 6 ޖަނަރޭޓަރު މާލޭގައި ބެހެއްޓިގެން ދާއިރު، 50 މެގަވޯޓުގެ ކަރަންޓް އިތުރަށް ފޯރުކޮށްދެވޭނެއެވެ.
އަދި ޕްރޮޖެކްޓް ނިމުމުން މިހާރު ބޭނުންކުރަމުން ގެންދާ ޖަނަރޭޓަރެއް ނިއްވާލަން ޖެހުނު ނަމަވެސް، މާލެއިން ކަރަންޓް ކެނޑިގެން ނުދާނެ ކަަމަށާއި، އަލަށް އިމާރާތް ކުރަމުން ގެންދާ އިމާރާތްތަކަށާއި ސަރުކާރުގެ ބޮޑެތި އޮފީސްތަކަށް ވެސް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ