އެމްޑީޕީ އެއްވުމުގައި މީހުން މަދު، އެޕާޓީ އަށް ވަނީ ތާއީދު ގެއްލިފައި: އުމަރު
"މިންޖުވާން" ނަމުގައި އެމްޑީޕީ އިން މިއަދު ކުރިއަށް ގެންދާ މުޒާހަރާގައި އެއްވި މީހުން މަދު ކަމަށާއި އެޕާޓީ އަށް ވަނީ ރައްޔިތުންގެ ތާއީދު ގެއްލިފައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު އެހެން ޓުވީޓްކުރެއްވި އިރު އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު މިހާރު ދަނީ އާޓިފިޝަލް ބީޗަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. ނަމަވެސް މީގެ ކުރިން އިދިކޮޅު ފަރާތްތަކުން އެއްވި އެއްވުމާ ހިލާފަށް މިއަދު މީހުން މަދުކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. Significantly low turnout for todays MDP protest. MDP has lost momentum. — Umar Naseer (@UmarNaseerPPM) November 27, 2015 އެމްޑީޕީ އިން ބުނެފައި ވަނީ މިއަދު ހަވީރު 4:00 އިން ފެށުނު މުޒާހަރާ 73 ގަޑިއިރާ 13 މިނެޓަށް މުޒާހަރާ ދިގުދަންމާނެ ކަމަށާއި އެވަތުތަކުގެ ތެރޭގައި ސަރުކާރަށް 13 ޑިމާންޑެއް ކުރާނެ ކަމަށެވެ. އަދި މުޒާހަރާ ނިމުމުގެ ކުރިން އެޑިމާންޑުތައް ސަރުކާރުން އަޑުއަހަން ޖެހޭނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. މިއީ މިއަހަރު ތެރޭގައި އިދިކޮޅު ފަރާތްތަކުން ބާއްވާ ހަތަރު ވަނަ ބޮޑު މުޒާހަރާ އެވެ. މިއަހަރު އެންމެ ބޮޑު މުޒާހަރާ ބޭއްވި ޖޭޕީ އާއި އެމްޑީޕީން އިސް ނަގައިގެން ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އޭގެ ފަހުން އަދަލާތު ޕާޓީން އިސްވެ އޮވެ، މެއި މަހުގެ އެއްވަނަ ދުވަހު މޭޑޭ މުޒާހަރާ ބޭއްވި އެވެ. އަދި ޖޫން 12ގައި އެމްޑީޕީން މުޒާހަރާ ބޭއްވީ އަނިޔާވެރިކަން ނިންމުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ