ދެ މީހެއްގެ މަޝްވަރާއިން ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ: މައުމޫން

ރައްޔިތުންގެ ވޯޓުން ގާއިމްކޮށްފައިވާ ވެރިކަން ހިންގުމުގެ ނިޒާމަކީ ދެ ފަރާތެއްގެ މަޝްވަރާއިން ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ގާއިމް ކުރީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެއީ ދެ ފަރާތެއްގެ މެދުގައި ބާއްވާ މަޝްވަރާތަކަށް ފަހު ބަދަލުކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ.
Twitter Embeded
މައުމޫން އެހެން ވިދާޅުވެފައި ވަނީ ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައާއި ގުޅިގެންނެވެ،
ނަޝީދު ރޭ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޝްވަރާކޮށް ރަނގަޅު ގޮތަކަށް ނިމިގެން ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ