މެމްބަރު ސިނާނު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
ސިނާނު ދޫކޮށްލާފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުންނެވެ.
ސިނާނު ހައްޔަރުކޮށްފައި ވަނީ އާދިއްތަ ދުވަހު ރާއްޖެ އިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ވަޑައިގެންނެވިތަނުން ފުލުހުންނެވެ. ސިނާނާ އެކު ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު ވެސް ހައްޔަރު ކޮށްފައި ވެއެވެ. 
ފުލުހުން ބުނެފައި ވަނީ ސިނާނާއި އިލްހާމް އިއްޔެ މެންދުރު ރާއްޖެ އައި ވަގުތު އެއާޕޯޓުން ހައްޔަރު ކުރީ ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވުމަށް ފަހު ރާއްޖެ އިން ބޭރަށް ވަޑައިގެން ސިނާނާއި އިލްހާމް ހޯދަން ފުލުހުން މީގެ ކުރިން ވަނީ އިއުލާން ވެސް ކޮށްފައެވެ. އާދީއްތަ ދުވަހު ރާއްޖެ ވަޑައިގެންނެވިތަނުން ސިނާން ހައްޔަރުކޮށްފައި ވަނީ އޭނާ ހައްޔަރުކުރުމަށް ނެރުނު އުމުރު ކްރިމިނަލް ކޯޓުން ބާތިލް ވެސް ކޮށްފައި ވަނިކޮށެވެ. 
ކޯޓުން ނިކުމެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިނާނުގެ ގާނޫނީ ވަކީލު ވިދާޅުވީ ދައުލަތުން އެދުނީ ސިނާނުގެ ބަންދުގެ މުއްދަތު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. 
ސިނާނު ވިދާޅުވީ މަޖިލިސް މެމްބަރުން ހައްޔަރު ކުރަމުން ދަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކަމަށާއި އެކަމެއް ސަރުކާރަށް ނުކުރެވޭނެ ކަމަށެވެ. އަދި ގައުމު މިދަނީ ހަމަމަގަށް އެޅެމުން ކަމަށާއި ރައްޔިތުންގެ އަޑު ދެން ކަނޑުވައެއް ނުލެވޭނެ ކަމަށް ވެސް ސިނާނު ވިދާޅުވިއެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ