ކެފޭ އަކަށް ފައިސާ ނުދެއްކި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ކެފޭ އަކުން ޚިދުމަތް ހޯދުމަށް ފަހު ފައިސާ ނުދައްކާ ފިލި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ ވެންސައިޓްގައި މިއަދު ވީޑިއޯ އެއް އާންމު ކުރުމަށް ފަހު ވިދާޅުވީ ވީޑިއޯ އިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު މަކަރާއި ހީލަތުން ބިލަށް ފައިސާ ނުދައްކައި، ނުބައި މީހެއްގެ ފޯނު ނަންބަރު ދިނުމަށްފަހު ފިލައިގެން ގޮސްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.
ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެކޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ