މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފި އެވެ،
އެމިނިސްޓްރީން ނެރުނު ސާރކިއުލާއެއްގައި ބުނެފައިވަނީ ރޯދަ މަހު ކިޔަވައި ދިނުމުގެ ވަގުތު ހަމަޖައްސަން ވާނީ މެންދުރު ފަހު 3:00 ގެ ކުރިން އެ ދުވަހެއްގެ ސެޝަން ނިމޭ ގޮތަށް ކަމުގައެވެ.
ރޯދަ މަހު ސްކޫލްތަކުގެ ހެނދުނުގެ ދަންފަޅި ފަށާނީ 8:40 އާއި 9:00 އާ ދެމެދު އެވެ. އަދި މެންދުރުގެ ދަންފަޅީގައި ކިޔަވައިދޭނީ 11:30 އިން މެންދުރު 1:00 އަށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސާރކިއުލާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޕްރީ ސްކޫލްގެ ކުދިންގެ ކިޔެވުން ދޮޅުގަޑިއިރަށް ވުރެ ކުރު ނުވާނެ ގޮތަކަށް ހަމަޖެއްސުމަށް އަންގާފައިވާއިރު ގްރޭޑް 1 ން 7 އަށް ދެ ގަޑިއިރާއި 30 މިނިޓަށް ކިޔެވުން ކުރިއަށް ގެންދިއުމަށްވަނީ އަންގާފައެވެ. އަދި ގްރޭޑް 8 ން 10 އަށް ކިޔެވުން ތިން ގަޑިއިރަށް ކުރިއަށް ގެންދިޔަ ނަމަވެސް ގްރޭޑް 11 އަދި 12 އަށް ހަތަރު ގަޑިއިރު ހަމަޖެއްސުމަށްވެސް އެޑިއުކޭޝަންގެ ސާރކިއުލާގައިވަނީ ބުނެފައެވެ.
މިއަހަރު ސްކޫލްތަކުގެ ކިޔެވުން ފަށާފައި ވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ދިރާސީ އަހަރު ފެށިއިރު، ރާއްޖޭގެ ސްކޫލުތަކުގައި 81،000 ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ޖުމުލަ 226 ސްކޫލް ހުރިއިރު، މި އަހަރު ޕްރީ ސްކޫލުގައި 7600 ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށާއި ގްރޭޑް އެކަކުން މި އަހަރަށް 7682 ދަރިވަރުން ނަށް ފުރުސަތު ދިން ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ރޯދަމަހު ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ހެނދުނު 9 އިން ހަވީރު 3 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ