ޔޫތު ސިޓީ ފުޓްސަލް ކަޕް 2018 މިމަހުގެ 20 ވަނަ ދުވަހު ފަށާނެ : އެޗްޑީސީ
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ޔޫތު ސިޓީ ފުޓްސަލް ކަޕް މިއަހަރުގެ މުބާރާތް މިމަހުގެ ވިހި ވަނަ ދުވަހު ފަށާނެ ކަމަށް ހައުސިން ޑިވެލޮމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.އެޗް.ޑީ.ސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ކުރިއައްގެންދާ މި މުބާރާތުގެ މަޤްސަދަކީ، ގިނަ ޒުވާނުންތަކެއް އެއްތަނެއްގައި ބައްދަލުވެ، ކުޅިވަރުގެ ރޫޙު ދިރުވައި، ކުޅިވަރުގެ ތެރެއިން އުފާވެރި މާހައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ. އަދި ޒުވާނުންނަށް ކުޅިވަރުގެ އިތުރު ފުރުސަތުތަކެއް މަގުފަހިކޮށްދީ އެފަދަ ވެއްޓެއް ހުޅުމާލޭގައި ޤާއިމުކޮށްދިނުން ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.ދެހަފްތާއަށް ދެމިގެންދާ މި މުބާރާތް މިމަހުގެ ވިހި ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މިމުބާރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ރާވާއިގެން ބާއްވާ 2 ވަނަ ފުޓްސަލް މުބާރާތެކެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގައި 108 ޓީމް ބައިވެރިވި އިރު މިއަހަރުގެ މުބާރާތުގައި، 136 ޓީމް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ފިރިހެން 120 ޓީމް، އަދި އަންހެން 16 ޓީމް ބައިވެރި ވާނެ ކަމަށް އެޗްޑީސީން ބުނެފައިވޭ. އަންހެން ޓީމްތައް މި މުބާރާތުގައި ފެނިގެންދާނީ މުޅިން އަލަށް ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.މި 136 ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އެކު، ގާތްގަޑަކަށް ދެހާސް ފަސް ސަތޭކަ އެއްހާ ޒުވާނުން މި މުބާރާތުގައި ހަރަކާތްތެރިވާނެކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. މިމުބާރާތުން އެއްވަނަ ލިބޭ އަންހެން އަދި ފިރިހެން ޓީމްއަށް އެއްލައްކަ ރުފިޔާ، ދެވަނަ އަށް ފަންސާސް ހާސް ރުފިޔާ ދިނުމަށްހަމަޖެހިފައިވާއިރު، ފެއާޕްލޭ ޓީމަށް ފަންސަވީސް ހާސް ރުފިޔާގެ އިނާމެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވޭ، މި އަދަދަކީ މިދިއަ އަހަރުގައި މިމުބާރާތައް ހުށަހެޅި އިނާމަށްވުރެ ބޮޑު އަދަދެެއްކަން ފާހަގަކޮށްލެވެއެވެ.އެޗްޑީސީން ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި ވަނީ މިމުބާރާތުގެ ގަވާއިދުތައް އާއްމުކޮށް ޓީމުތަކުގެ މެދުގައި ޑްރޯ ނަގާފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.މުބާރާތަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު، ކޮންމެ އަހަރަކު އެއްފަހަރު މި މުބާރާތް ބޭއްވުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ