ރައީސް މައުމޫން ތަހުގީގަށް އެއްބާރު ލެއްވުން ނުދެއްވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި ކުށެއް ނެތްކަން ސާބިތުކޮށްދެއްވަން ޖެހެނީ މައުމޫން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ގެ އޮފީހުން ދާދި ފަހުން ނެރުނު ބަޔާނާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޚަލީލް ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ކުރީގެ ރައީސް ކަމަށެވެ/
"މައުމޫނަކީ ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރައްވައި ގައުމަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވި ނަމޫނާ ވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް, އެހެންނަމަވެސް ފެބުރުއަރީ އެކެއްގެ ހުކުމަށްފަހު އެމަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ވަނީ ކުރެވިފައި" ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެމަނިކުފާނު އެއްބާރުލެއްވުން ދެއްވަންޖެހޭނެ ކަމަށެވެ.
"މައުމޫން ފަދަ ބޭފުޅެއްގެ މައްޗަށް އެފަދަ ތުހުމަތު ތަކެއް ކުރެވިފައި ވުމުން އެމަނިކުފާނު އެބަޖެހޭ ކުށުން ބަރީއްޔަވާން. އެމަނިކުފާނުގެ ކުށެއްނެތްކަން ހާމަކޮށް ދެއްވުމަކީ އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް. އެކަން ކުރެއްވުމަށް ފުލުހުންގެ ތަހުގީގަށް އެއްބާރުލެއްވުން ދެއްވަންޖެހޭނެ،" ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ކުރީގެ ރައީސް ކަމަށާއި އެމަނިކުފާނަށް އަދިވެސް ޕީޕީއެމްއިން ފުރުސަތު އޮންނަންވާނެ ކަމަށެވެ. "އެކަމަކު އެއަށްވުރެ ކުރިން އެމަނިކުފާނު ޖެހިވަޑައިގަންނަވާނެ ކުށެއްނެތްކަން ސާބިތު ކޮށްދެއްވަން،" ޑރ.ޚަލީލް ވިދާޅުވިއެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.
މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ ޝަރީޢަތައް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން މައުމޫން ވަނީ އިންސާނިއްޔަތައްޓަކައި ނަމަވެސް އެމަނިކުފާނު ދޫކޮށްލައިދިނުމަށް އެދިވަޑައިގެންފައެވެ.
މައުމޫން ޖެހޭނީ ކުށެއް ނެތް ކަން ސާބިތުކޮށްދެއްވަން – ޚަލީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ