ސުޕްރީމް ކޯޓު ކައިރީގައި މާރާމާރީ ހިންގައި ޒުވާނެއްގެ ގަޔަށް ވަޅި ޖަހައިފިއެވެ.
އެ ޒުވާނާއަށް ޙަމަލާ ދީފައިވަނީ، އޭނާ ސުޕްރީމް ކޯޓުގެ ކައިރީގައިހުއްޓައި ސައިކަލެއްގައި ދިޔަ ބައެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
ވަަަޅިން ޙަމަލާ ދީފައިވަނީ އެ ޒުވާނާގެ ބުރަކައްޓަށެވެ. އޭނާ މިހާރު ވަނީ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ޚަބަރުއެމްވީއަށް މަޢުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސުޕްރީމް ކޯޓު ހުންނަ ސަރަޙައްދުގައި ތޫނުއެއްޗަކުން ޙަމަލާދީ ޒުވާނަކު ޒަޚަމްކޮށްލާފައިވާއިރު އެ މައްސަލަ މިހާރު ތަހުޤީޤުކުރަމުންދާ ކަމަށެވެ.
-އިތުރު ތަފްސީލު އަންނަނީ-
ސުޕްރީމް ކޯޓު ކައިރީގައި މާރާމާރީ ހިންގައި ޒުވާނެއްގެ ގަޔަށް ވަޅި ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ