މެމްބަރު ޝާހިދާއި ލަތީފް ދޫކޮށްލައިފި

އިދިކޮޅު ޕާޓީތަކުގެ އެއްވުމުގެ ތެރެއިން އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ދޫކޮށްލައިފިއެވެ.
އިއްޔެގެ އެއްވުމުގެ ތެރެއިން ޝާހިދު ހައްޔަރުކޮށްފައިވަނީ މަޖީދީމަގު ސޯސަންމަގު ގުޅޭ ސަރަހައްދުންނެވެ. ލަތީފް ހައްޔަރުކޮށްފައިވަނީ ޗާންދަނީމަގު ސަރަހައްދުންނެވެ.
ތަލީފާއި ޝާހިދު ދޫކޮށްލި އިރު ދެ މެމްބަރުންގެ މައްޗަށްވެސްވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތު ކޮށްފައެވެ. ޝާހިދާއި ލަތީފްވެސްވަނީ ހައްޔަރުކޮށް އިއްޔެ ދޫނިދޫއަށް ގެންގޮސްފައެވެ.
ދެ މެމްބަރުން ދޫކޮށްލި ނަމަވެސް ސޯސަން މަގު ސަރަހައްދުން އިއްޔެ ހައްޔަރުކުރި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ދޫކޮށްލާފައެއް ނުވެއެވެ. ރިޔާޒު ހައްޔަރުކޮށްފައިވަނީ އެސްއޯއީގެ ދަށުންނެވެ.
ރިޔާޒު ދޫކޮށްލާފައި ނުވާއިރު ރިޔާޒުގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަމެއް ސާފެއް ނުވެއެވެ. ރިޔާޒު މިވަގުތުވެސް ހުންނެވީ ދޫނިދޫ ކަސްޓޯޑިއަލްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ