ރިޔާސީ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް،
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ. މިސްރުން ތައުލީމް ހާސިލްކުރި ފަރާތްތަކާއި އަދި މިހާރު ތައުލީމް ހާސިލް ކުރަމުންދާ ފަރާތަތަކާއި ބައްދަލް ކުރެއްވުމަށް
ޕީޕީއެމުން އިސްނަގައިގެން ރޭ ނަސަންދުރައިގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖެ މިހާރު މިއޮތް ގޮތަށް ދެމި އޮތުމާއި، އިސްލާމް ދީން ހިމާޔަތް ކުރުމާއި މިހުރިހާ ކަމެއް އަންނަ ރިޔާސީ އިންތިހާބަށް ފަހު ކުރިމަތިވެގެން ދާނެކަމަށް.
މިފަހަރުގެ އިންތިހާބަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، ގައުމީ ކަމެއްކަމުގައި ވިދާޅުވެ މައުމޫން ވަނީ ސަރުކާރުގެ މުއައްސަސާ ތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ނުކުޅެދިފައިވާކަން ފާހަގަ ކުރައްވާފައި. މިސްރުގެ ހާލަތާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މިސްރުގައި ހިނގާ ހަމަނުޖެހުންތަކުގެ އަޑީގައި ބޭރު ބަޔަކުވެސް އުޅޭކަމަށް.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ