2018 ގައި އަންނަ އެންމެ ރީތި ތާރީހުގައި މަގުބޫލު އުޒުރެއްނެތި ކައިވެނި ނުކޮށްދޭން ނިންމައިފި

އަންނަ އަހަރު އަންނަ އެންމެ ރީތި އެއް ތާރީޚު ކަމަށްވާ 18/8/18 ގައި މަގުބޫލު އުޒުރެއްނެތި ކައިވެނި ނުކޮށްދޭން ފެމިލީ ކޯޓުން ނިންމައިފިއެވެ.
އަންނަ އަހަރު ކައިވެނި ނުކޮށްދޭނެ ދުވަސްތައް އިލާނުކޮށް ފެމިލީ ކޯޓުން ހާމަކުރި ގޮތުގައި 18.08.2018 ދިމާވަނީ ރަސްމީ ބަންދު (ހޮނިހިރު) ދުވަސް ކަމުގައި ވާތީ މަޖުބޫރު ސަބަބެއް އޮވެގެން އެކަން ލިޔުމުން ހުށަހަޅައިފިނަމަ އަދި އެ ސަބަބަކީ މަގްބޫލު އުޒުރެއް ކަމަށް ކޯޓުން ނިންމައިފިކަމަށް ވާނަމަ އެ ދުވަހު ކައިވެނިކޮށްދޭނެއެވެ. އަދި މަގުބޫލު އުޒުރެއް ނެތި އެދުވަހުގައި ކައިވެނިކޮށް ނުދޭން ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ.
ހޮނިހިރު ދުވަސްތަކާ ދިމާކޮށް ކައިވެނި ރަޖިސްޓްރީކޮށް ނުދެވޭ ގޮތަށް ފެމެލީ ކޯޓުން ނިންމާފައިވަނީ މިއަހަރުން ފެށިގެންނެވެ.
ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުގެ އިތުރުން ކޯޓުން ކައިވެނިކޮށް ނުދޭ ދުވަސްތަކުގެ ތެރޭގައި ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހާއި، ފިތުރު ޢީދުގެ ހަތަރު ދުވަހުގެ އިތުރުން އަޟްޙާ ޢީދުގެ ހަތަރު ދުވަސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ