ރައީސް މައުމޫނު ޖަލަށް ވަޑައިގަންނަވަން ޖެހުނީ ނަޝީދު އެކަމުގެ މުގުލުގައި ހުރެގެން – ނިހާން

ރާއްޖޭގައި މިހާތަނަށް އެންމެ ދިގު ވެރިކަމެއް ކުރެއްވި، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބްދުލް ޤައްޔޫމް ޖަލަށް ވަޑައިގަންނަވަން ޖެހުނީ އަބަދުވެސް މައުމުން ދެކެ ރުޅި އަންނަ އަދި މައުމޫނު ޖަލަށް ލާނެ ކަމަށް އަބަދުވެސް އިންޒާރުދެމުން އައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމުގެ މުގުލުގައި ހުންވައިގެން ކަމަށް ޕީޕިއެމްގެ މެޖޯރިޓީ ލީޑަ އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
އދ.މަހިބަދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، ރައީސް މައުމޫނު ޖަލަށް ލުމުގެ ރޭވުމަކީ ނަޝީދުގެ ރޭވުމެއްކަމަށާއި އެކަން ކާމިޔާބުކޮށްފިކަމަށެވެ. އަދި ރައީސް ނަޝީދު އަޑީގައި ހުރެގެން ކުރި ކަންތައްތަކެއްގެ ސަބަބުން، ދިގުމުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވި ކުރީގެ ރައީސަކާމެދު ކަންތައް ވެގެން ދިޔަގޮތްފެނި އެކަމާ ހިތާމަކުރައްވާކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ރޫޙާނީ ލީޑަރެއްގެ ގޮތުގައު ހުންނަވައިގެން މުޙައްމަދު ނަޝީދު ދީނާ ބެހޭގޮތުން ދެއްކެވި ވާހަކަތައް ދިވެހިން ހަނދާން ނުނެތޭކަމަށެވެ.
ނިޙާން މި މޭރުމުން ވާހަކަދައްކަވާފައިވާއިރު، ހަނދާންކޮށްލަން ޖެހޭ ކަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް މައުމޫނުގެ މައްޗަށް ޝަރީޢަތް ހިންގާ ދިގު މުއްދަތަކަށް ޖަލަށް ޙުކުމްކުރާނެ ކަމުގެ އިންޒާރު އެތައް ފަހަރެއްގެ މަތިން ދީފައިވާ ކަމެވެ. އަދި މައުމޫން ސިޠާސީ ކަންކަމުން ދުރުވެ ވަޑައިގެން ހުންނަވަނިކޮށް، ސިޔާސީ ޕޯޑިއަމްތަކަށް ޤައުމަށްޓަކައި ދީނަށްޓަކައި ކަމަށްބުނެ ދައުވަތު އަރުއްވާ މުސްކުޅިފުޅުވި ދުވަހު އެމަނިކުފާނު ހަތިޔާރަކަށް ނަންގަވާ އެންމެ ފަހުން އެމަނިކުފާނަށް، ނަޝީދު ހިތުގައި އޮތް ހަސަދަ ފިލުވާލަން ރަނގަޅު މަޅިއެއްގައި އެމަނިކުފާނު ޖައްސާ އެކަން ކާމިޔާބު ކުރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ