ފިލިޕީންސާއި ލާއޮސް މެޗް ހަވީރު

އޭއެފްސީ ޗެލެންޖް ކަޕްގައި މިއަދު ހަވީރު ކުޅޭ ގްރޫޕް ބީގެ ތިން ވަނަ މެޗްގައި ވާދަ ކުރާނީ ފިިލިޕީންސާއި ލާއޮސް އެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ މި މެޗް ފަށާނީ ހަވީރު 4:00 ޖަހާ އިރު އެވެ.
މިއީ ފިލިޕީންސާއި ލާއޮސް ބައްދަލު ކުރާ ފުރަތަމަ މެޗެވެ.
މި ދެ ޓީމް ކުރިން ކުޅުނު މެޗްތަކަށް ބަލާ އިރު، ލާއޮސް ވަނީ މި މަހުގެ 20 ވަނަ ދުވަހު ތުރުކްމެނިސްތާނާ ދެކޮޅަށް ނިކުމެ 5-1 ލަނޑުން ބަލިވެފަ އެވެ. އެއީ ގްރޫޕް ބީގެ ފުރަތަމަ މެޗްގަ އެވެ.
މުބާރާތުގައި ފިލިޕީންސް ކުޅުނު ފުރަތަމަ މެޗްގައި 20 ވަނަ ދުވަހުގެ ރޭ އަފްޢާނިސްތާނާ ދެކޮޅަށް ނިކުމެ ލަނޑެއް ނުޖެހި މެޗް ވަނީ އެއްވަރުވެގެން ނިމިފަ އެވެ.
މިރޭ އޮންނަ މެޗްގައި ވާދަ ކުރާނީ ތުރުކްމެނިސްތާނާއި އަފްޢާނިސްތާނެވެ. އެ މެޗް ފަށާނީ 9:00 ޖަހާ އިރު އެވެ.
މެޗްތައް ފެށުމުގެ އެއް ގަޑި ކުރިން ސްޓޭޑިއަމްގެ ގޭޓްތަކުން ޓިކެޓްތައް ދޫކުރަމުން ގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ