ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ އިސްލާޙުން މަރުތަޅު ނައްޓުވައިލަދެއްވި ބޭފުޅަކީ ގާސިމް: އާރިފް

ރާއްޖޭގެ ސިޔާސީ މަސްރަޙާއި އިޤުތިޞާދުގެ މަރުތަޅު ނައްޓަވައިލަދެއްވި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ކަމަށާ އެކަން ފެށުނީ އެމަނިކުފާނުގެ ސިޔާސީ އިޞްލާޙުގެ މަސައްްކަތްޕުޅުތަކުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާރޓީގެ އަމީން ޢާންމު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އަމީން ޢާންމު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ބެލެންސެއް ޤާއިމް ކރެވިގެން ދިޔައީވެސް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އާ ދުސްތޫރު އެކުލަވައިލުމަށް ކުރި މަސައްްކަތުގައި ޤާސިމް އިބްރާހީމް އެމަޖިލީހުގެ ރައީސްކަމާ ޙަވާލުވެވަޑައިގަތް ހިސާބުން ކަމުގައެވެ.
އަދި ވިޔަފާރި ވެރީންގެ ޖަމިއްޔާގެ ރައީސްކަމާ ޙަވާލުވެ ވަޑައިގަތުމާއި އެމަނިކުފާނުގެ އަމިއްލަފުޅު ވިޔަފާރީން ރާއްޖޭގައި އިންވެސްޓުމަންޓުތައް އިތުރު ކުރައްވައި ވަޒީފާތައް އުފެއްދެވުމާއެކު އިޤުތިޞާދަށް އައި ހެޔޮ ބަދަލުތައް ރައްޔިތުންނަށް އޮޅިވަޑައިގެންފައި ނޯންނާނެ ކަމަށް އަލީ ޢާރިފް ވިދާޅުވިއެވެ.
އަލީ ޢާރިފް ވިދާޅުވީ ރާއްޖޭގައި ސިޔާސީ ބެލެންސެއް ޤާއިމް ކޮށްދެއްވުމަށް ޤާސިމް ކުރެއްވި މަސައްކަތްޕުޅު 2008 ގެ ރިޔާސީ އިންތިޚާބުން ވަނީ ދައްކަވައިފައި ކަމުގައެވެ.
ވީޓީވިން ހުކުރު ދުވަހުގެރޭ ގެނެސްދިން އެންމެންގެ ޖުމްހޫރީ ޕާޓީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަލީ ޢާރިފް ވިދާޅުވީ ދެންއައި 2013 ގެ އިންތިޚާބުގައިވެސް ރައީސުލް ޖުމްހޫރިއްޔާއަކަށް ބޭފުޅަކު ގެންނެވުމުގައިވެސް އެންމެ ބޮޑު އަދި މުހިންމު ދައުރު އަދާކޮށްދެއްވި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމުގައެވެ.
އަދި ޖުމްހޫރީ ޕާޓީގެ ރޯލު ވަރަށް މުހިންމު ވުމާއެކު ފިކުރުގެ ގޮތުން ދެގޮތެއްނުވެ ދެމިއޮތް ފިކުރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮންރަބަލް ޤަސިމް އިބްރާހީމްގެ ފިކުރުފުޅާއި އެމަނިކުފާނުގެ ޖުމްހޫރީ ޕާޓީގެ ފިކުރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ