ގާސިމް މަރާލީ ހިންނަވަރަށް ނިސްބަތްވާ މީހެއް

މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ގާސިމް ހަސަންގެ ގާތިލަކި ޅ. ހިންނަވަރަށް ނިސްބަތްވާ މީހެއްކަން ހާމަވެއްޖެ އެވެ.
ގާސިމް މަރާލި އެ މީހާއަކީ ޅ. ހިންނަވަރު، ބޮޑުހިޔާގެ އަދުހަމް މުހައްމަދު 21އ އެވެ.
އެކަން ހާމާވެފައި ވަނީ ކްރިމިނަލް ކޯޓު ވެބްސައިޓުގައި އާއްމުކޮށްފައިވާ އޭނާއާ ގުޅޭ ކޯޓު އަމުރަކުންނެވެ. އެ ކޯޓު އަމުރަކީ މިދިޔަ ބުރާސްފަތި ދުވަހުު އޭޭޭނާާ ހައްޔަރުކޮށް، އޭނާގެ ބަންދަށް މިދިޔަ ހުކުރު ދުވަހު 15 ދުވަސް ކްރިމިނަލް ކޯޓުން ޖެހި އަމުރެވެ.
ގާސިމް މަރާލި މައްސަލާގައި އޭނާ ހައްޔަރު ކުރުމުން އޭނާ ވަނީ އެކަމަށް އިއުތިރާފް ވެފައެވެ. އަދި އޭނާ އެ މައްސަލައަށް އެއްބާރުލުން ދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި ހުޅުމާލެ އަނދިރިމަގެއްގެ މަތީގައެވެ. އޭނާ މަރާލަން ބޭނުން ކުރި ހަތިޔާރާއެކު، އަދުހަމް އެ ރޭ ލައިގެން ހުރި އަންނައުނުވެސް ފުލުހުން ވަނީ ހޯދާފައެވެ.
އަދުހަމްގެ ބަންދުގެ މުއްދަތު އިތުރުކުރަން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ، އަދުހަމް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ އޭނާ މީހަކަށް ވަޅިން ހަމަލާދިން ކަމަށް ބަންދާއިމެދު ގޮތެއް ނިންމި މަޖިލީހުގައި އިއުތިރާފްވެ ކަންހިނގިގޮތް ކިޔާދީފައިވުމާއެކު އަނިޔާ ލިބިފައިވާ މީހާ މަރުވެފައިވުވުން ކަމުގެ ބާވަތުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި އަމަން އަމާންކަމަށް ބުރޫއަރާފާނެތީ ކަމަށެވެ.
ގާސިމްގެ މަރާއި ގުޅޭ ތަފްސީލް މިހަފްތާގައި ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ