އެމްޑީއެން އާއި މެދު ސަރުކާރުން ފިޔަވަޅު އެޅުން ލަސް ކުރާކަށް ނުޖެހޭ : މެމްބަރު އުޝާމް

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ހާމަކަން ބޮޑު ގޮތެއްގައި ދީނަށް ފުރައްސާރަ ކޮށް ނެރުނު ރިޕޯޓާ މެދު ސަރުކާރުން ފިޔަވަޅު އެޅުން ލަސްކުރަން ނުޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެމްޑީއެން އަށް ފިޔަވަޅު އަޅައި، އެ ޖަމިއްޔާ އުވާލުމަށް އެތައް ރައްޔިތުންތަކެއް ގޮވައިލަމުން އަންނައިރު، މެމްބަރު އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުން މިކަމާއިމެދު ފިޔަވަޅެއް އަޅާފައި ނެތުމަކީ މި ސަރުކާރުން މިކަމާމެދު ފިޔަވަޅު އެޅުން ލަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
“"ކުރީގެ ސަރުކާރުން މިކަމާމެދު ފިޔަވަޅެއް އަޅާފައި ނެތުމަކީ މި ސަރުކާރުން މިކަމާމެދު ފިޔަވަޅު އެޅުން ލަސްކުރަންޖެހޭ ސަބަބެއް ނޫން. މައްސަލަ ވަރަށް ސާފް. އެމްޑީއެން އިން ވަނީ ރާއްޖޭގެ ގާނޫނުތަކާ އެފަރާތުން ހިލާފްވެފައިވާކަމަށް އިއުތިރާފްވެފައި" އުޝާމް ކުރެއްވި ޓްވީޓުގައި ބުނެފައިވެއެވެ.
ދީނުގެ އަސްލުތަކާއި ޙިލާފަށް، ދިވެހިންގެ އެއްބައިވަންތަކަން ގެއްލުވާލާފަދަ ރިޕޯޓެއް ދިރާސާ އެއްގެ ނަމުގައި އެމްޑީއެން އިން ނެރިފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މި ރިޕޯޓުގައި ވާ ކަންކަން އާއްމުންނަށް ތިލަވުމާއި އެކު އެމްޑީއެން އިން ވަނީ މާފަށް އެދި، ދީނީ އިލްމުވެރިންގެ އެހީގައި އެ ރިޕޯޓު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.
އެންޑީއެމް އިން ނެރެފައިވާ ރިޕޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ޖަމިއްޔާއަށް ފާޑުކިޔައި އެމްޑީއެން "ބޭން" ކުރުމަށް މީސް މީޑިއާ މެދުވެރިކޮށް "ބޭން އެމްޑީއެންގެ" ނަމުގައި ހޭޝްޓެގުތައް ބޭނުން ކުރަމުންނެވެ. އަދި އެ ޖަމިއްޔާ އުވާލަން އެދި ހަދާފައިވާ ޕެޓިޝަނުގައި މިހައިތަނަށް 7000ށް ވުރެން ގިނަ މީހުން ސޮއި ކޮށްފައިވާކަން ފާހަގަކޮށްލެެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ