ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު އޮފީހުގައި އިންނަވަނިކޮށް އަނބުރައިގަނެގެން، ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަލީ ހަމީދު، ސުޕްރީމް ކޯޓުގައި މަސައްކަތުގައި އުޅުއްވަނިކޮށް އަނބުރައިގަތީ މިއަދުު ހަވީރު އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް އެންމެ ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގަ އެވެ. ނަމަވެސް މިހާރު ފަރުވާ ދެނީ ޕްރައިވެޓް ރޫމެއްގަ އެވެ.
އެނގިފައިވާ ގޮތުގައި އަލީ ހަމީދުގެ ހިތުގެ މައްސަލައެއް ހުރިތޯ ބެލުމަށް އީސީޖީ ހެދި އިރު އެއްވެސް މައްސަލައެއް ނެތް ކަން ވަނީ ފާހަގަ ކުރެވިފަ އެވެ. ނަމަވެސް ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މަތިވެފައި ހުރުމުން، މިހާރު ފަރުވާ ދެނީ އެ ކަމަށް ކަން އެނގިފައިވެ އެވެ.
އިތުރު ތަފްސީލު އަންނަނީ....
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ