ސުޕްރީމް ކޯޓު ކައިރީގައި މީހެއްގެ ގަޔަށް ވަޅި ހަރައިފި އެވެ.
ފުލުހުން ބުނީ ސުޕްރީމް ކޯޓު ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލައެއް މިއަދު މެންދުރުފަހު 1:45 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމައްސަލަ ބަލަމުންދާ ކަމަށް ބުނި ނަމަވެސް މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.
ޒަހަމްވި މީހާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމްވި މީހާއަށް ހަަމަލާދީފައިވަނީ އޭނާގެ ފުރަގަހުން ބަޔަކު އައިސް ބުރަކައްޓަށް ވަޅި ހަރައިގެންނެވެ.
ސުޕްރީމް ކޯޓު ކައިރީގައި މީހެއްގެ ގަތަށް ވަޅި ހަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ