ރ މަޑުއްވަރީ ގެއެއްގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވަނީ ސިއްޓަމަށް ރީޑިން އެންޓަކުރުމުގައި ނުބައި ރީޑިންގ އެއް އެންޓަ ކުރެވުމުގެ ސަބަބުންކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެކުންފުނިން ނެރުނު ބަޔާނެއްގައިބުނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ބިލްގައި 7803 ޔުނިޓްކަމަށް ބަލައިގެން ތައްޔާރުކުރެވިފައިވާ ބިލަކީ ރަނގަޅު ނޫން ރީޑިންގ އެއްގެ މައްޗަށް ތައްޔާރު ކުރެވިފައިވާ ބިލެއް ކަމުގައެވެ.
އަދި އެގޭގެ މެއި މަހުގެ ކަރަންޓް ބިލް މިހާރު އިސްލާހުކޮށް އަލުން ފޮނުވާފައިވާކަމަށްވެސް ފެނަކައިން ބުނެއެވެ.
މިހާރު ސޯޝަން ލީޑިއާގައި ދައުރުވަމުންދާ ކަރަންޓް ބިލްގައިވާގޮތުން 44382.22 ރުފިޔާ އަރައެވެ.
މަޑުއްވަރީ ގޭގެ ކަރަންޓް ބިލް ބޮޑުވީ ނުބައި ރީޑިންގ އެއްގެ ސަބަބުން: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ