މައްސަލަ ހައްލުކޮށް މުޅި އެއާޕޯޓަށް ކަރަންޓު ދީފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް މުޅި އެއާޕޯޓަށް ކަރަންޓު ދީފި އެވެ.
އެމްއޭސީއެލްގެ މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް ވިދާޅުވީ ކަރަންޓް ކެނޑެން މެދުވެރިވީ މައި އިންޖީނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި އެ މައްސަލަ ހައްލުކޮށް މުޅި އެއާޕޯޓަށް ކަރަންޓު ދީފައިވާ ކަމަށެވެ.
މިއަދު އިރު އޮއްސުނު އިރުވެސް އެއާޕޯޓުގެ ބައެއް ސަރަހައްދު ތަކުގައި ކަރަންޓު ނެތެވެ. މިއަދު ދެވަނަ ފަހަރަށް ކަރަންޓު ގޮސް އިރު އޮއްސުމާއި ހަމައަށް ކަރަންޓު ނެތް ތަންތަނުގެ ތެރޭގައި އަލިފާން ނިވާ ޑިޕާޓްމަންޓު ހިމެނެ އެވެ. ދެވަނަ ފަހަރު ކަރަންޓު ދިޔައީ މެންދުރު 12:30 ހާއިރު އެވެ. ފުރަތަމަ ދިޔައީ ހެނދުނު 09:45 ހާއިރު އެވެ.
ދެ ފަހަރަުވެސް ކަރަންޓު ދިއުމުން އޮޕަރޭޝަންތަކަށް ބުރޫ އެރި ކަމަށާއި ނަމަވެސް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެއާޕޯޓުގައި ބޭނުން ކުރަމުންދިޔަ އެހެން ޖަނަރޭޓަރުތަކެއް  ބޭނުން ކޮށްގެން އޮޕަރޭޝަންތައް ކުރިޔަށްދާ ސަރަހައްދުތަކަށް ކަރަންޓު ދީފައިވާ ކަމަށް އާރިފު ވިދާޅުވި އެވެ ކަރަންޓު ކެނޑުމުން ޑޮމެސްޓިކް ދަތުރުތައް ހުއްޓުމުން އެ ދަތުރުތަކަށް ބޭނުން ކުރީ އިންޓަނޭޝަނަލް ޓާމިނަލެވެ.
ކަރަންޓު ކެނޑުނު ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފުލައިޓެއް ޑިލޭވެފައި ނުވާއިރު، އޮޕަރޭޝަނަށް އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ