ތ. އެލާގެ އެއްބަސްވުން ބާތިލްކުރުމާއި ގުޅިގެން ވިލާ ކުންފުނިން ޓޫރިޒަމް މިނިސްޓްރީއާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ވަގުތީ އަމުރު ނެރުމަށް ޗިޓު ފޮނުވާފައި ވަނިކޮށް މައްސަލަ ބެއްލެވި ގާޒީ ބަދަލުވެގެން އަމުރު ނެރުން ލަސްވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާ ޝިޕިން އާއެކު ހަދާފައިވާ ތ. އެލާގެ އެގްރިމަންޓް ބާތިލް ކުރުމާއި ގުޅިގެން ވިލާ ޝިޕިންގ އިން ޓޫރިޒަމް މިނިސްޓްރީން އެގްރީމެންޓް ބާތިލް ކުރިކަން އަންގާ ފޮނުވި ސިޓީއަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދި ހުށަހެޅި މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.
މި މައްސަލައާއި ގުޅިގެން 12 ފެބްރުއަރީގައި އަޑުއެހުމެއް ބާއްވާ ވިލާ ޝިޕިންގ އާއި ދައުލަތުގެ ވަކީލުން ވަގުތީ އަމުރާއި ގުޅޭ ގޮތުން ވާހަކަ ދެކެވި އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އަދި އެދުވަހުގެ ރޭގަނޑު 9:45 އަށް ވިލާއިން އެދުނު އަމުރާ މެދު ގޮތެއް ނިންމުމަށް ޝަރީއަތެުގެ އަޑުއެހުމަށް ބޭއްވުމަށް ދެފަރާތަށް ޗިޓުވެސް ފޮނުވި އެވެ. އެހެންނަމަވެސް އެދުވަހުގެ އިރުއޮއްސެން ދަނިކޮށް އެމައްސަލަ ބެއްލެވި ގާޒީ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބުނެ އަމުރު ނެރުމަށް ބޭއްވި އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.
އޭގެ ފަހުން މިދިޔަ ހަފްތާގައި ވެސް ވަނީ ސިވިލް ކޯޓުގެ މި މައްސަލަ ބައްލަވާ ސެކްޝަން ބަދަލުވެ އާ ގާޒީ އަކާއި ހަވާލު ކުރެވި އަޑުއެހުމެއް ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފަ އެވެ.
މިއަދު 10:15 ގައި ސިވިލް ކޯޓުގައި ވަނީ މި މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފަ އެވެ. ދެ ފަރާތުގެ ވަކީލުން ކޯޓަށް ވަޑައިގަތްއިރު ބެލެވިފައި އޮތީ މި މައްސަލައިގެ ވަގުތީ އަމުރު މިއަދު ނެރޭނެ ކަމަށެވެ. އެހެން ނަމަވެސް ކޯޓުން އެންގީ އެމައްސަލަ ބަލާ ސެކްޝަން އާއި ގާޒީ ދެވަނަ ފަހަރަށް ބަދަލުވެފައިވާ ކަމަށެވެ. އަދި މައްސަލަ ދިރާސާ ކުރުމަށް ގާޒީ އަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި، އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުމަށް ފަހު ދެފަރާތަށްވެސް ނިންމި ގޮތެއް އަންގާނެ ކަމަށްވެސް ކޯޓުން ބުނެފައިވާ ކަމަށް ވަކީލުން ވިދާޅުވެ އެވެ.
ވިލާ ކުންފުނިން ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމަށް ބުނެ މީރާއިން ފޮނުވާފައިވާ ނޯޓިސް ބާތިލުކޮށްދިނުމަށް އެދި ވިލާ ކުންފުނިން ސިވިލް ކޯޓަށް ވަނީ ޖުމްލަ ފަސް މައްސަލައާއި، އެމައްސަލަތަކާއި ގުޅޭ ވަގުތީ އަމުރުތައް ނެރެދިނުމަށް އެދި ހުށަހަޅާފަ އެވެ.
ގާޒީ ބަދަލުވުމުން އެލާގެ ވަގުތީ އަމުރު ނެރުން ފަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ