ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް  ޖުޑިޝަރީ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި ޖުޑިޝަރީ ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފް ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ސިޔާސީ ގޮތުން އެއްވެސް ކަމެއް ހާސިލް ކުރުމަށް ޖުޑިޝަރީ ބޭނުން ކުރުމަކީ ގާނޫނުއަސާސީއާ ވެސް ހިލާފްކަމެއް ކަމަށާއި އެކަންތައް ވަގުތުން ވަގުތަށް ހުއްޓާލަންލެޖޭ ކަމަށެވެ.
Using the judiciary for political purposes is illegal and unconstitutional. It must stop immediately!
ރައީސް މައުމޫން މިފަދަ ގޮތަށް ޓްީވީޓް ކުރައްވާފައި މިވަނީ ޕީޕީއެމްގެ ރައީސްގެ އޮފސްގެ ނަމުގައި އެމަނިކުފާން ހިންގަވަމުން ގެންދަވާ އޮފީސް ބަންދު ކުރުމަށް ސިވިލް ކޯޓުން އަންގާފައިވާ ދަނޑިވަޅެއްގައެވެ. އަދި އޮފީހުގެ ނަންބޯޑާއި ޕީޕީއެމްގެ ދިދަ ނަގުމަށް ފުލުހުން އަންގާފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ