ގދ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު މުޅި ރަށުން ކަރަންޓު ގޮސްފައިވާ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި މިއަދު މެންދުރުގެ ވަގުތެއްގައި ފިޔޯރީ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ފެނަކަ ކޯޕްރޭޝަނުން ބުނެފިއެވެ. 
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ފިޔޯރީ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގއ. ދެއްވަދޫއިން 160 ކިލޯގެ ޖެނަރޭޓަރެއް ރޭގެ ވަގުތެއްގައި ފިޔޯރީ އަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. 
ޝަރީފް ވިދާޅުވީ ރޯވި އިންޖީނުގެ އަދި ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެން ކަމުން ޖަނެރޭޓަރު ބަހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ އިންޖީނުގެ ބޭރުގައި އެމަށްޓަކައި ވަގުތީ ސްޓޭޝަނެއް ހަދައިގެން ކަމަށެވެ. 
ޝަރީފް ވިދާޅުވީ ގދ. ދެއްވަދޫއިން ގެނައި ޖެނަރޭޓަރުން މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި ނަމަވެސް ސަލާމަތީ ގޮތުން އިތުރަށް ރައްކާތެރިވުމުގެ ގޮތުން.އެހެން ޖަނަރޭޓަރެއް ވެސް އިންސްޓޯލް ކުރާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ އިންޖީނުގެއަށް ފެނަކައިގެ ޓީމަށް ވަދެވޭނެ ވަކި ވަގުތެއް އަދި ވެސް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. 
ފިޔޯރީ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ދިޔައީ ތިން ޖަނަރޭޓަރު ބޭނުން ކޮށްގެންނެވެ. އެގޮތުން ފިޔޯރީގައި ބޭނުން ކުރަމުން ދިޔައީ 250 ކިލޯގެ ޖަނެރޭޓަރަކާއި 70 ކިލޯގެ ޖަނަރޭޓަރެއްގެ އިތުރުން 80 ކިލޯގެ ޖަނަރޭޓަރެއް ކަމަށެވެ. އަދި ހަލާކުވެފައި ވަނީ 250 ކިލޯގެ ޖަނަރޭޓަރު ކަމަށް އިދުރީސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 80 ކިލޯގެ ޖަނަރޭޓަރަށް ވެސް މައްސަލަ ޖެހިފައިވާ ކަމަށާއި އަދި 70 ކިލޯގެ ޖަނަރޭޓަރަކީ މުޅި ރަށަށް ކަރަންޓްގެ ދެވޭވަރުގެ ޖަނަރޭޓަރެއް ނޫން ކަމަށް އިދުރީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިދުރީސް ވިދާޅުވީ 250 ކިލޯގެ ޖަނަރޭޓަރުގެ ހަލާކުވެފައި ވަނީ އޭގެ ބެޓެރީ ޕެނަލް ކަމަށާއި ނަމަވެސް އެ ޖަނަރޭޓަރު މަރާމާތު ކޮށްގެން ބޭނުން ކުރެވޭނެ ކަމަށް އިދުރީސް ވިދާޅުވިއެވެ.
    
    ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            