600 އަށް ވުރެ ގިނަ ކުދިންނާ އެކު މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ފަށައިފި

ހަ ސަތޭކަ އަށް ވުރެ ގިނަ ކުދިންނާ އެކު މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް މިއަދު ހެނދުނު މާލޭ ޓްރެކް ދަނޑުގައި ފަށައިފި އެވެ. މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި 13 ސްކޫލަކުން ވާދަކުރާއިރު އޭގެ ތެރޭގައި އަތޮޅުތެރޭ ސްކޫލްތައް ހިމެނެ އެވެ. އަތޮޅުތެރެއިން ބައިވެރިވީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ހދ. ނޮޅިވަރަންފަރު ސްކޫލާއި ދ. ކުޑަހުވަދޫ ސްކޫލާއި އައްޑޫ ސިޓީގެ އިރުޝާދިއްޔާ ސްކޫލާއި ޝަރަފުއްދީން ސްކޫލް އަދި އައްޑޫ ހައި ސްކޫލެވެ. މުބާރާތުގައި ހިމެނޭ އުމުރުފުރާތަކަކީ ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށެވެ. މުބާރާތް ރަސްމީކޮށް ހުޅުވާނީ މިއަދު ހަވީރު އޮންނަ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ހުޅުއްވައިދެއްވާނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އަދި އޮލިމްޕިކްސް ކުޅިވަރު މުބާރާތެއް އެންމެ ފުރަތަމަ ކަވަރު ކުރި ކުރީގެ ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަހީބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ