ރާއްޖޭގައި ފްލޯޓިން ކޮންވެންޝަން ސެންޓަރަކާއި ގޯލްފް ކޯސް ހެދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގައި ފްލޯޓިން ކޮންވެންޝަން ސެންޓަރަކާއި، ފްލޯޓިން ގޯލްފް ކޯސް ހެދުމުގެ އެއްބަސްވުމެއްގައި ނެދާލެންޑްސްގެ ކުންފުންޏަކާ އެކު ދިވެހި ސަރުކާރުން ބުރާސްފަތި ދުވަހު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހަންމަދު ރަޝީދެވެ. މި މަސައްކަތާ ހަވާލުވި ނެދަލޭންޑުގެ ޑަޗް ޑޮކްލެންޑްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު ވެން ޑި ކެމްޕެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބުރާސްފަތި ދުވަހު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއާމަން މަހްމޫދު ރާޒީ ދެއްކެވި ވާހަކަފުޅުގައި އެ ކުންފުނީގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ފްލޯޓިން ގެ އެޅުމުގެ ކަންތައްތައް ވެސް އެ ކުންފުނި މެދުވެރިކޮށް ކުރެވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާއި ނެދާލެންޑްސް އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލޮއޯނީ މާގަރީތާ ކޫލަނޫރަ ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ