ގާސިމްގެ ރަނިންމޭޓަކަށް އަލްއުސްތާޒު އަހްމަދު އަލީ ސަވާދު ހަމަޖައްސަވައިފި

27: 22
ޖުމްހޫރީ ޕާޓީގެ އަދި ޖުމްހޫރީ ގުޅުމުގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި އަލްއުސްތާޒު އަހްމަދު އަލީ ސަވާދު މީގެ ކުޑަ އިރުކޮޅެއް ކުރިން ހަމަޖައްސަވައިފި އެވެ.
ސަވާދު ހިއުމަން ރައިޓްސް އެންޑް އިސްލާމިކް ޝަރީއާގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވަން ނިއުޒީލެންޑްގަ ކިޔެވުން ނިންމަވާލެއްވީ މިމަހު ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދެއެވެ. ސަވާދުގެ އާއިލާގެ މެމްބަރަކު މިރޭ ބުނީ ސަވާދަކީ ތައުލީމީ ގޮތުން ވަރަށް ގިނަ ކާމިޔާބީތައް ހާސިލް ކުރައްވާފަވާ ވަރަށް ވިސްނުންތޫނު ބޭފުޅެއް ކަމަށެވެ.
ސަރުކާރުން ދޭ ޚާއްސަ އިނާމު ސަވާދަށް ދެހާސް ހަތަރު ވަނަ އަހަރު ލިބިވަޑައިގެންފަައި ވެއެވެ. މިމަހު ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ޕީއެޗްޑީއަށް ތައުލީމް ހާސިލް ކުރައްވަމުން ގެންދެވި ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް އޮޓާގޯގެ ޓީޗަރެއްގެ ގޮތުގަ ކަމަށްވެސް އޭނަގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ. ދެހާސްވަނަ އަހަރާ ދެހާސް ހަތަރު ވަނަ އަހަރާ ދެމެދު ސަވާދު ވަނީ ރާއްޖޭގަ ގާނޫނީ ލަފާ ދިނުމުގެ މަސައްކަތް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ