ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކޮންމެ ރަށެއްގެ ކައުންސިލަކުންވެސް އަތޮޅު ކައުންސިލަށް ހުށައަޅަން ޖެހޭ ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ހިންގި ހަރަކާތްތަކުގެ ތަފްޞީލީ ރިޕޯޓު މީދޫ ކައުންސިލުން ހުށައަޅާފައިނުވާކަން ރ. އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ.
މި ރިޕޯޓަކީ ޤާނޫނު ނަމްބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 108 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތިން ކޮންމެ ރަށު ކައުންސިލަކުންވެސް ހުށައަޅަން ޖެހޭ ރިޕޯޓެކެވެ. ރ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މި ރިޕޯޓު ހުށައަޅާފައިނުވަނީ ރ. އިނގުރައިދޫ، ރަސްމާދޫ، މީދޫ އަދި މަޑުއްވަރީ ކައުންސިލުންނެވެ. އެހެން ހުރިހާ ކައުންސިލަކުންވެސް ޤާނޫނުގައި ވާ ގޮތުގެ މަތިން މިކަން ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ރ. އަތޮޅު ކައުންސިލުންވަނީ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތް ފާހަގަކޮށް އެ ކައުންސިލްތަކަށް މަރުހަބާ ދަންނަވާފައެވެ.
މިކަމާއި ގުޅޭ ގޮތުން މީދޫ ކައުންސިލްގެ ރައީސް ހުސެއިން އަފީފް ވިދާޅުވީ، މީދޫ ކައުންސިލުން އަހަރީ ރިޕޯޓު ހުށައަޅާފައިވާނެ ކަމަށާއި އެހެންނަމަވެސް އަހަރީ ރިޕޯޓު ހުށައެޅިފައިވަނީ ހުށައަޅަން ޖެހޭ ތާރީޙަށްވުރެ އެއްދުވަސް ފަހުން 11 ޖަނަވަރީގައިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މީދޫ ކައުންސިލުން ތާރީޙަށް އަހަރީ ރިޕޯޓު ހުށައަޅާފައިނުވާތީ މިހާރަށްވުރެ ކައުންސިލް ހަރުދަނާ ވާންޖެހޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށައަޅަން ޖެހޭ ތާރީޙަށް މީދޫ ކައުންސިލުން ހުށައަޅާފައެއް ނުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ