އުރީދޫގެ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް، ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފަސޭހަކަމާއި އެކު ފައިސާ ދެއްކޭނެ ނިޒާމެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.
އުރީދޫން ބުނީ އުރީދޫ މޯލްޑިވްސް އާއި ޓްރީޓޮޕް ގުޅިގެން ތައާރަފްކުރި އެމް-ފައިސާގެ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލްގެ ވެބްސައިޓް އަދި އުރީދޫ އެމް-ފައިސާގެ މޮބައިލް އެޕް މެދުވެރިކޮށް ޓްރީޓޮޕް ހޮސްޕިޓަލްގެ ކަސްޓަމަރުންނަށް އެމް-ފައިސާގެ ޚިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާފައިވާތީ ކުރިއަށް ދުވަސްތަކުގައި ޓްރީޓްޕް ހޮސްޕިޓަލުން އެމް-ފައިސާ އެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުން ފަދަ ބޭނުންތެރި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އުރީދޫން ވަނީ މައުލޫމާތު ދީފަ އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި، ކުރިއެރުން ގެނެސްދިނުމަށްޓަކައި އެކުންފުނިން ބޮޑެތި އިންވެސްޓްމަންޓުތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ އިތުރު ހިދުމަތްތައް ޑިޖިޓަލްކޮށް، ކަސްޓަމަރުންނަށް އިތުރަށް ފަސޭހަކޮށްދިނުމަށް ކަމަށްވެސް އުރީދޫއިން ބުނެ އެވެ.
އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން އަދި ކޮންމެ ވަގުތަކުވެސް ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ އެޕްލިކޭޝަނެކެވެ.
އުރީދޫ އެމް-ފައިސާ ބޭނުންކޮށްގެން އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، އެމްޑަބްލިއުއެސްސީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އަދި މޯލްޑިވްގޭސްގެ ބިލްތަކަށް މިހާރު ފައިސާ ދެއްކޭނެ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
ޓްރީޓޮޕްގެ ހިދުމަތްތަކަށް އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ