ރިލްވާން ގެއްލުމާއި ރައީސް ޔާމީނާއި ގުޅުމެއް ނެތް - އުމަރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހާމަ ކުރައްވައިފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ  އަވަސް އިން ގެނެސްދިން "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަދަދައްކަވަމުން އުމަރު ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކޯޓުން ކުރި ހުކުމުގައި އެ މައްސަލަ އެކަށީގެންވާ ވަރަށް ތަހުގީގުކޮށްފައި ނުވާ ކަމަށެވެ.
އަދި އެންމެ ގިނަ ވަސީލަތްތައް ބޭނުންކޮށްގެން ތަހުގީގު ކުރެވުނު އެއް މައްސަލައަކީ ރިލްވާންގެ މައްސަލަ ކަމަށާއި ރިލްވާން ހޯދަން ފުލުހުންނަށް ކުރެވޭ ހުރިހާ ކަމެއް ފުލުހުން ކުރި ކަމަށްވެސް އުމަރު ވިދާޅުވިއެވެ،
"އަޅުގަނޑުމެންނަށް ކޮނެވޭނެ ހުރިހާ އޭންގަލްއަކަށް އޭތި ކޮނުނިން، ޝަރުއީ މިނިވަން ކޯޓެއްގައި މީހެއްގެ މައްޗައް ކުށް ސާބިތު ކުރާ ވަރަށް ހެއްކެއް ނުލިބުނު،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ސިޔާސީ އިސް މީހުންގެ ބޮލުގައި މަރުތައް އެޅުވިދާނެ ކަމަށާއި ނަމަވެސް އެއީ އެއްވެސް ތެދެއް ނޫން ކަމަށެވެ.
"އަޅުގަނޑު މިއީ ޔާމީން ސަޕޯޓަރެއް ނޫން އިނގޭތޯ، އެކަމަކު އަޅުގަނޑު މި ދަންނަވަނީ ރިލްވާން ކޭސްއަކާ ޔާމީންއަކާ ގުޅުމެއް ނެތް، އަދި އަފްރާޝިމް މައްސަލައަކާ ވެސް ޔާމީންއަކާ ގުޅުމެއް ނެތް. މިކަން ތަހުގީގުކޮށް ބަލާފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ހަގީގަތް މި ދަންނަވަނީ،" އުމަރު ވިދާޅުވި އެވެ.
އަނިޔާވެރިކޮށް މަރާލެވުނު އަފްރާޝީމް އަލީ އާއި ރިލްވާންގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމިޝަނެއް އުފައްދަވައިފައެވެ.
ގެއްލުވާލައިފައިވާ ނޫސްވެރިޔާ ރިޝްވާންގެ  މައްސަލައިގައި ރައީސް ކަމުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ބައެއް ވާހަކަތަކުގެ ސަބަބުން ރިޝްވާންގެ އާއިލާއާއި ބައެއް އާންމު ފަރުދުން ދަނީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވަމުންނެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ