އައިޖީއެމްއެޗް ގެ ސީއީއޯގެ މަޤާމަށް ބަންދު އަހުމަދު ސަލީމް ހަމަޖައްސައިފި

ސަރުކާރުގެ މައިހޮސްޕިޓަލް އައިޖީއެމްއެޗުގެ ސީއީއޯގެ މަޤާމަށް އަހުމަދު ސަލީމް ހަމަޖައްސައިފިއެވެ.
އޭނާ އެމަޤާމަށް ހަމަޖައްސާފައި ވަނީ އިއްޔެ އެވެ. މިއަދު އޭނާ ވަނީ ހޮސްޕިޓަލަށް ނުކުންނަވާފައެވެ.
އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރައީސް ޔާމީނު އެމަޤާމަށް އައްޔަނު ކުރެއްވި ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރެވެ.
އައިޖީއެމްއެޗްގެ ސީއީއޯގެ މަޤާމަށް އައްޔަނު ކުރެއްވި، އަހުމަދު ސަލީމް ކުޑަބަންދޭ އަކީ، މޯލްޑިވުސް އެއާޕޯޓްސްް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ޖީއެމްއާރާއި އެއާޕޯޓު ހަވާލުކުރި އިރު އެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއެކުރީވެސް އޭނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ