ރައީސުލް ޖުމުހޫރިއްޔާ ހުރަވީ ސްކޫލް ހުޅުއްވައިދެއްވައިފި

ހުޅުމާލޭގައި އަލަށް އިމާރާތްކުރެވުނު ހުރަވީ ސްކޫލް މިއަދު ރައީސުލް ޖުމުހޫރިއްޔާ ހުޅުވައި ދެއްވައިފިއެވެ.
ދިރާސީ އާ އަހަރާއެކު އަލަށް ހެދި ސްކޫލް ހުޅުވާފައިވާއިރު މިސްކޫލަކީ ރާއްޖޭގެ އެންމެ ބޮޑު ސްކޫލެވެ. ރައީސް ވިދާޅުވީ މި އިމާރާތަކީ ޖަޒީރާ ސްކޫލެއް ހިންގުމަށް ފައްކާ ކޮށްފައިވާ އިމާރާތެއް ކަމަށެވެ.
"ހުރަވީ ސްކޫލް ފަރުމާ ކޮށްފަވަނީ ވަށާ ޖެހޭ ތައުލީމީ ނިޒާމަކަށް ވަރަށް އެކަށޭނެ ގޮތަކަށް. ވަސީލަތްތަކުގެ ގޮތުންނާއި ޖާގައިގެ ގޮތުން މިއީ އެއް ދަންފަޅިއަށް ކިޔަވައިދެވޭ ގޮތަށް ޖަޒީރާ ސްކޫލެއް ހިންގުމަށް ފައްކާ ކުރެވިފައިވާ އިމާރާތެއް"
ސްކޫލުގައި 54 ކުލާސް ރޫމް ގާއިމުކުރެވިފައިވާއިރު މިސްކޫލަކީ އެއް ދަންފަޅިއެއްގައި 1450 ކުދިންނަށް ކިޔަވައިދެވޭނެ ބޮޑު، ޖާގަ ހުރި ސްކޫލެކެވެ. މިސަރުކާރުގެ ނާސްތާ ޕްރޮގްރާމް ފަށާ 25 ސްކޫލްގެ ތެރެއިން އެއް ސްކޫލަކަށް ހުރަވީ ސްކޫލް ވެފައިވާއިރު އަލަށް ސްކޫލް ފަށަނީ 780 ދަރިވަރުންނާ އެކުއެވެ.
މިއަހަރު ސްކޫލުގައި ޕްރީ ސްކޫލް ގްރޭޑުގެ އިތުރުން ގްރޭޑު އެކަކުން 9 އަށް ކިޔަވާދޭނެއެވެ. ސަރުކާރުން ބުނެފައިވަނީ އަންނަ އަހަރު ގްރޭޑު 10 ގެ ކިޔެވުން ވެސް ފެށޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުރަވީ ސްކޫލުގައި އޭ ލެވެލްއަށް ވެސް ކިޔެވޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ