އެމްޑީޕީގެ އޮފީހެއްގައި ރޯކޮށްލި މައްސަލަ މައުމޫން ކުށްވެރިކުރައްވައިިފި

އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ އޮފީހުގައި އަލިފާން ރޯކޮށްލި މައްސަލަ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރިކުރައްވައިފި އެވެ.
މައުމޫން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އައްޑޫގައި ރޭ ހިނގައި ދިޔަ އަލިފާނުގެ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެފަދަ ހަމަނުޖެހުންތަކަށް ރާއްޖޭގައި ދުވަހަކު ވެސް ޖާގަދީގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"އައްޑޫ ސިޓީގައި ރޭ ހުޅުޖެހި މައްސަލަ ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރިކުރަން،" މައުމޫން ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.I strongly condemn the arson attack that took place in Addu City last night. We must never allow such violence in this country!— Maumoon Abdul Gayoom (@maumoonagayoom) October 11, 2014
ރޭގެ ވަގުތެއްގައި އެމްޑީޕީ އޮފީހުގައި ރޯވި އެ އަލިފާންގަނޑުގެ ސަބަބުން ޖެހިގެން ހުރި "ހައްޓި ހިތްވަރު"ނަމަކަށް ކިޔާ ފިހާރަ ވެސް ވަނީ ރޯވެފަ އެވެ.
އެ ހާދިސާގެ ސަބަބުން ހަ ލައްކަ ރުފިޔާގެ ގެއްލުންވާނެ ކަމަށް އެ ދާއިރާގެ މެމްބަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ